ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ

ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

ބަހްރައިންގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގައި ރާއްޖޭން ވަނީ ޝަރަފުވެރި ދެ މަގާމެއް ދިފާޢުކޮށްފައެވެ. އޭގެ ތެރޭގައި ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ހިމެނެއެވެ.

މީގެ އިތުރުން މި އެވޯޑް ހަފްލާގައި ރާއްޖެއަށް ވަނީ ވަރަށް ހާއްސަ ސަރަހައްދީ 3 އެވޯޑެއްވެސް ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ލިބުނު އިންޑިއަން އޯޝަންސް ބެސްޓް މައިސް ޑެސްޓިނޭޝަން އެވޯޑާއި، މާލެއަށް ލިބުނު އިންޑިއަން އޯޝަންސް ބެސްޓް އިންސެންޓިވް ޑެސްޓިނޭޝަން އެވޯޑާއި VisitMaldives.com އަށް ލިބުނު އިންޑިއަން އޯޝަންސް ބެސްޓް ޓޫރިޒަމް އޮތޯރިޓީ ވެބްސައިޓް އެވޯޑް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *