ޕާކިސްތާނަށް އިތުރު 1.2 ބިލިއަން ޑޮލަރު ދޭން އައިއެމްއެފް އިން ނިންމައިފި

ޕާކިސްތާނަށް އިތުރު 1.2 ބިލިއަން ޑޮލަރު ދޭން ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމައިފި އެވެ.

ޕާކިސްތާނަށް ދޫކުރުމަށް ނިންމާފައިވާ 7.2 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމުގެ ތެރެއިން ދޫކުރުމަށް އެ އިދާރާގެ ބޯޑުން ފާސްކުރި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އައިއެމްއެފް ގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީގެ ދަށުން ދޫކުރާ 1 ބިލިޔަން ޑޮލަރާއި، ރެސިލިއެންސް އެންޑް ސަސްޓެއިނެބިލިޓީ ފެސިޓީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 200 މިލިޔަން ޑޮލަރެވެ.

އައިއެމްއެފްގެ ލޯނު ޕްރޮގްރާމުގެ ދަށުން އެ ގައުމަށް ދޫކުރަން ނިންމި 1.2 ބިލިއަން ޑޮލަރުގެ ސަބަބުން އެ ޤައުމުގެ ބޭރު ފައިސާގެ ރިޒަރވް އިތުރުކޮށް، ތަކެތީގެ އަގުތައް އުފުލުން ކޮންޓުރޯލު ކުރުމުގައި އިތުރު އެހީތެރިކަމެއް ލިބިގެންދާ ކަމުގައި މާލީ އަދި އިޤުތިޞާދީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ.

ޕާކިސްތާނަށް އައިއެމްއެފް އިން މި ފައިސާ ދޭން ނިންމާފައި މިވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރުން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިޤުތިޞާދު ބަނގުރޫޓުވުމުން ސަލާމަތް ކުރެވިފައިވާކަން ޔަގީން ކުރެވޭތީ އެގައުމަށް ދިން އެހީތެރިކަމެއް ކަމުގައި މާލީ އިދާރާތަކުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *