16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ މަނާކޮށްފި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އުމުރުން 16 އަހަރުނުވާ ކުދިންނަށް ސޯސަލްމީޑީއާއަށް ނުވަދެވޭގޮތްހެދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ މަޝްހޫރު އެތައް އެޕްލިކޭޝަނެއް ހިންގާ ޓެކް ކުންފުނިތަކަށް އަންގާފައެވެ.
މީގެ އިތުރުން އެ އެންގުމާ ހިލާފުވާ ޓެކް ކުންފުނިތައް 33 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެ ކަމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.
އެގައުމުން ބުނީ އެ އުމުރުފުރައިން ދަށުގެ ކުދިންނމަށް ސޯޝަލް މީޑިއާ މަނާކުރީ އެފަދަ ޕްލެޓްފޯމްތައް ހަދާފައި ހުންނަނީ ވަރަށް ބޮޑަށް އެޑިކްޓުވާ ގޮތަކަށް ކަމަށްވާތީއާއި، އެފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސްކޭމަރުން ކުޑަކުދިން އެމީހުންގެ މަޅިތަކުގައި ޖައްސަމުންދާތީ ކަމަށެވެ.
މީގެ އިތުރުން އެފަދަ ޕްލެޓްފޯމް ތަކުން ފެންނަ ކޮންޓެންޓްގެ ތެރޭގައި ބުލީކުރުމާއި ޖިންސީ ކަންކަމާ ގުޅޭ ކޮންޓެންޓާއި އަނިޔާވެރި އަމަލުތައް އެކުދިންނަށް އެފަދަ ޕްލެޓްފޯމް ތަކުން ދައްކައިދޭ ކަމަށެވެ.




