އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ޓީޗަރަކާ ދަރިވަރެއް މާރާމާރީ ހިންގައިފި އެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމުން ޓީޗަރު ދަރިވަރުގެ ކަރުގައި ހިފާގެން އުޅޭ މަންޒަރު ފެނެއެވެ.
މި މައްސަލާގައި މިހާރު އެ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށާއި އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މާރާމާރީ ހިންގާފައިވަނީ އައްޑޫ ހައިސްކޫލުގެ ގްރޭޑް 12 ގެ ދަރިވަރުންގެ ބީޓެކް ކްލާހެއްގައި ކަމަށްވެއެވެ. އެ މާރާމާރީ ހިންގިއިރު ކުލާހުގައި އެހެންކުދިނމްވެސް ހަރަކާތްތެރިވާތަން ފެނެއެވެ.
މި މާރާމާރީ ހިނގާފައިވަނީ ދަރިވަރަކާއި އިންޑިއާގެ ޓީޗަރަކާ ދެމެދުގައި ކަމަށާއި، މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީންވެސް މިހާރު ބަލަމުންދާކަމަށް އެމެނިސްޓްރީން ބުނެއެވެ.




