އެފްރިކާ ކަޕުގައި ޒިމްބާބްވޭ އާއި ދެކޮޅަށް ކުޅުނު މެޗް ގައި، ލިވަޕޫލުގެ ތަރި ސަލާހް ގެ އަމިއްލަ ގައުމުކަމަށްވާ މިސްރު މޮޅުކޮށްދީފި އެވެ.
މޮރޮކޯގައި ކުރިއަށްދާ އެފްރިކަން ކަޕްގައި ރޭ ކުލުނު މެޗް ގައި ފުރަތަމަ ގޯލު މެޗްގެ 20 ވަނަ މިނެޓް ގައި ކާމިޔާބުކުރީ ޒިމްބާބުވޭގެ ޖޯޑަން ޖަލާއީ އެވެ. މިސްރަށް ނަތިޖާ ހަމަހަމަވީ މެންޗެސްޓާ ސިޓީ އަށް ކުޅޭ މިސުރުގެ ފޯވަޑް އޮމްރް މަރްމޫޝް 64 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ.
މިސުރު މޮޅުވި ލަނޑު ސަލާހް ކާމިޔާބްކޮސްދިނީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށެވެ. ކެޕްޓަން ބޭންޑް އަޅައިގެން މިސްރު ސަލާމަތްކޮށްދިންއިރު ދެން މިސުރަށް އޮންނާނީ ދެކުނު އެފްރިކާގެ މެޗެވެ.




