ސަރުކާރާ ދެކޮޅަށް އިރާންގެ ވިޔަފާރިވެރިން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެގައުމުން އިންޓަނެޓުގެ ހިދުމަތް މެދި ކަނޑާލައިފި އެވެ.
އިގްތިސާދީ މައްސަލަތައް ކުރިމަތިވެ އެގައުމުގެ ވިޔަފާރިތަކަށް ނުރައްކާވާ ހިސާބަށް ދިއުމާ ގުޅިގެން އެ ގައުމުގެ ވިޔަފާރިވެރިން އިސްނަގައިގެން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު ފެށި މުޒާހަރާތައް މިހާރުވަނީ އެ ގައުމުގެ 30 އަށްވުރެ ގިނަ ސަރަހައްދުތަކަށް ފުޅާވެފައެވެ.
މުޒާހަރާތައް ވަރުގަދަވެފައިވަނީ އެގައުމުގެ ކިޔަވާކުދިން މުޒާހަރާތަކުގައި ބައިވެރިވާން ފެށުމުން ކަމަށާއި މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން މިހާތަނަށް އެޅި ހުރިހާ ފިޔަވަޅެއް ނާކާމިޔާބުވެފައިވާ ކަމަށް ހަބަރުފަތުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެހެންކަމުން ސަރުކާރުން މިހާރުވަނީ އެގައުމުގެ އިންޓަނެޓްގެ ޙިދުމަތް މެދުކަނޑާލާފައި ކަމަށާއި، މުޒާހަރާތަކުގައި އެގަމުގެ އަސްކަރީއްޔާއިން ކުރިމަތިލުމުން މިހާތަނަށް 45 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.




