އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" އަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.
އެކަމާ ގުލޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" ގެ ނަމުގައި ހިންގާ ހަރަކާތްތަކީ ގޭންގަގުން ހިންގާ ފަރަކާތްތަކެއް ކަމަށާއި އަދި އެނަމުގައި ހަރަތާތައް ހިންގާ ގުރޫޕުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުވައި އަދި ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅަން ހައިކޯޓަށް އެމައްސަލަ ހުށަހަޅާފައިވާ ކަމށެވެ.
މި މައްސަލަ އަކީ މިދިޔަ އަހަރު އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނުގެ ދަށުން ގޭންގެއްކަމަށް ކަނޑައަޅުމަށް ހައިކޯޓަށް ޕްރޮސިކިއުޓަރޖެނެރަލް ހުށަހެޅި ފުރަތަމަ މައްސަލައެވެ. އެގޮތުން ފީޖީން އިތުރަށް ބުނެފައިވަނީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގް ހުއްޓުވުމުގެ ގާނޫނުގައި ބުނެފައިވާ ފަދައިން އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއްގައި ހުންނަ ޝަރުތުތައް ފުރިހަމަވާ އަދި މިހާރު ވެސް އެކަމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ.
އެގޮތުން ފުލުހުން ހިއްސާކޮސްފައިވާ މައުލޫމާތާއި އެ އޮފީހުންބެލިބެލުމުން "ސްކޫޕް" އާއި "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އަދި އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ 9 މީހުންނަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނނުމަށް ހައި ކޯޓުގައި އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން އައްދޫގައި ހަތރަކާތްތެރިވާ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އަކީވެސް އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ކުލަބެއްކަމަށް ފާހަގަކުރެވޭތީ އެ ކުލަބް އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރު ކުރުމަށާއި "ސްކޫޕު" އާއި "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި ހުރިހާ ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ހުށަހެޅުމުގައި ހައިކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.




