އަތޮޅުތެރޭ ސްކޫލުތަކުން މާލޭގެ ސުކޫލުތަކަށް މިއަހަރު 1530 ދަރިވަރުން ބަދަލުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހާރު ނޫހައްށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަތޮޅުތަކުން މާލޭގެ ސުކޫލުތަކަށް ބަދަލުވާން ހުޅުވާލި ފުރުސަތު ހަމަވިއިރު މިއަހަރު އަތޮޅުތެރޭ ސްކޫލުތަކުން 1530 ދަރިވަރުން މާލޭގެ ސުކޫލުރތަކަށް ބަދަލުވާން ހުށަހަޅާފައިވާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަންނަން 1،748 ދަރިވަރުން ހުށަހަޅާފައިވާއިތު އަތޮޅުތެރޭ ސުކޫލުތަކަށް ވަންނަން ހުށަހަޅާފައިވަނީ 3،042 ކުދިން ކަމަށެވެ.
2020 ވަނަ އަހަރު އަތޮޅުތެރޭގެ ސުޚުލުރތަކުން މާލެ ބަދަލުވާން ހުށަހަޅާފައިވަނީ 480 ދަރިވަރުންނެވެ. 2021 ވަނަ އަހަރު އެ އަދަދު 716 ގައި ހުރިއިރު 2022 ވަނަ އަހަރު އެ އަދަދު ހުރީ 780 ގައެވެ. އަދި 2023 ވަނަ އަހަރު 1500 ދަރިވަރުން މާލެ ބަދަލުވާން ހުށަހަޅާފައިވާއިރު މިއަހަރު 1530 ދަރިވަރުން މާލެ ބަދަލުވާން ހުށަހަޅާފައި ވެއެވެ.




