އެކުވެރި ދައުލަތް ތަކުގެ ޖަމިއްޔާ (އދ) ގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމެރިކާ ރަސްމީކޮށް ވަކިވެއްޖެ އެވެ.
އިއްޔެ ރަސްމީކޮށް އެ ޖަމިއްޔާއިން އެމެރިކާ ވަކިވި ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ޖަމިއްޔާއިން ވަކިވުމަށް ގަރާރެއް ނެރެފައެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ވެސް ޑަބްލިއުއެޗްއޯ އަށް ހަރުދަނާ މަސައްކަތެއް ކުރެވިފައި ނުވާއިރު އެ ޖަމްއިއްޔާ އަކީ ބޭކަރު ޖަމިއްޔާއެއް ކަމަށެވެ.
ޓްރަމްޕް ގެ ފުރަތަމަ ވެރިކަމުގައިވެސް ޑަބްލިއުއެޗްއޯ އިން ވަކިވާން އެމެރިކާއިން ގަރާރެއް ނެރެފައިވެއެވެ.
އެޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ތެރޭގައި 194 ގައުމު ހިމެނޭއިރު އެމެރިކާއިން އެޖަމްއިއްޔާއިން ވަކިވި މައްސަލަ އަންނަ މަހު ބާއްވާ އެ ޖަމިއްޔާގެ ބޯޑް މީޓިންގ އަށް ވަނީ އެޖެންޑާކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.




