Advertisement
BML Home 2nd Ad

ބުރުގާ ނާޅާ ޤުރްއާން ކިޔެވިދާނެތޯއެވެ؟

ކީރިތި ޤުރްއާން ކިޔެވުމަށްޓަކައި ބުރުގާ އެޅުމަކީ އަންހެނާއަށް ލާޒިމުކަމެއް ނޫނެވެ. އެއީ ޤުރްއާން ކިޔެވުމަށްޓަކައި ބުރުގާ އެޅުމަށް ދަލާލަތު ކުރާނެ ދަލީލެއް ނެތީމައެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ކީރިތި ޤުރްއާން ކިޔެވުމަށްޓަކައި ބޯ ނިވާކުރުން ޝަރްޠުވެގެން ނުވެއެވެ.” – فتاوى ابن عثيمين 1/420 .

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ތިލާވަތުގެ ސަޖިދަކުރުމާ ބެހޭގޮތުން ވިދާޅުވިއެވެ. ” ތިލާވަތުގެ ސަޖިދައަކީ ކީރިތި ޤުރްއާން ކިޔަވަމުން ދަނިކޮށް ކުރަންޖެހޭ ސަޖިދައެކެވެ. އޭނާ ކިޔަވަން އިން ޙާލަތުގައި، ބޯ ނިވާނުކޮށްނަމަވެސް އެސަޖިދަކުރުން އެއީ މައްސަލައެއް ނޫނެވެ. އެހެނީ އެ ސަޖިދައަކީ އެއީ ނަމާދުގެ ޙުކުމުގައިވާ ސަޖިދައެއް ނޫނެވެ.”- الفتاوى الجامعة للمرأة المسلمة 1/249 .

ފަހެ، ޖުނުބުވެރިޔާ ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެގެން ނުވެއެވެ. މުޞްޙަފުން ވިޔަސް އަދި އެހެން އެއްޗަކުން ވިޔަސް މެއެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުވެރިކަން ފިޔަވައި އެހެންކަމެއް ކީރިތި ޤުރްއާން ކިޔެވުމުން މަނާނުކުރާ ކަމުގައި ޘާބިތުވެގެންވެއެވެ. އެކަމަކު ކުޑަ ޙަދަޘްވެރިވެފައިވާ މީހާ، ހިތުން ވިޔަސް ކީރިތި ޤުރްއާން ކިޔެވުން ހުއްދައެވެ. އެއީ އެކަމުގެ މައްޗަށް ވާ ޢާންމު ދަލީލުތަކުގެ ސަބަބުންނެވެ. . مجموع فتاوى الشيخ ابن باز رحمه الله 10/150 .

ވުޟޫ ނެތި ޤުރްއާނެ ކިޔެވިދާނެތޯ މި ލިންކުން މި މައުޟޫއާ ބެހޭ އިތުރު މަޢުލޫމާތު ލިބޭނެއެވެ.

އެންމެ މޮޅުއިތުރު ވެގެންވާ ގޮތަކީ ކީރިތި ޤުރްއާން ކިޔަވާއިރު ވުޟޫކޮށްގެން ކިޔެވުމެވެ. އެހެނީ އެފޮތަކީ އެއީ ﷲ ގެ ކަލާމްފުޅެވެ. އެ ޤުރްއާނުގެ ޝަރަފަށްޓަކައިވެސް އެންމެ މޮޅު އިތުރު ގޮތަކީ ވުޟޫކޮށްލައިގެން ކިޔެވުމެވެ. ދެން ފަހެ، މުޞްޙަފުގައި ބީހުން، ވުޟޫ ނެތި ހުއްދަ ނުވާހުއްޓެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ –الواقعة /79 – “ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.” . مجموع فتاوى الشيخ ابن باز رحمه الله 10/150 .

 

މަރްޖިޢު

https://islamqa.info/ar/answers/8950

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add