Advertisement
BML Home 2nd Ad

ތަނބު ދޭތެރޭގައި ސަފުހެދުން

މިސްކިތުގެ ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމާމެދު ނަހީ އައިސްފައިވެއެވެ. އެއީ އެކަމުގެ ސަބަބުން ސަފު މެދު ކެނޑޭތީއެވެ.
عَنْ مُعَاوِيَةَ بْنِ قُرَّةَ عَنْ أَبِيهِ قَالَ : (كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنُطْرَدُ عَنْهَا طَرْدًا) رواه ابن ماجة (1002) صححه الألباني في “صحيح ابن ماجة”.

Advertisement
Etukuri Inside ad 300x300 Desktop

މުޢާވިޔާ ބިން ޤުއްރަތު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުން އަހަރެމެންނަށް ނަހީކުރެވެއެވެ. އަދި ތަނބުތަކުގެ ދޭތެރެއިން ސަފުހެދުމުން އެތަނުން އެކީ އެކައްޗަކަށް ދުރުކުރެވެއެވެ.”

عَنْ عَبْدِ الْحَمِيدِ بْنِ مَحْمُودٍ قَالَ : صَلَّيْنَا خَلْفَ أَمِيرٍ مِنْ الْأُمَرَاءِ ، فَاضْطَرَّنَا النَّاسُ فَصَلَّيْنَا بَيْنَ السَّارِيَتَيْنِ ، فَلَمَّا صَلَّيْنَا قَالَ أَنَسُ بْنُ مَالِكٍ : (كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) رواه الترمذي (229) وصححه الألباني في “صحيح الترمذي” .
ޢަބްދުލް ޙަމީދު ބިން މަޙްމޫދު ވިދާޅުވިއެވެ. “އަމީރުންގެ ތެރެއިން އަމީރެއްގެ ފަހަތުގައި އަހަރެމެން ނަމާދު ކުރީމެވެ. މީހުން ގިނަވުމުގެ ސަބަބުން އަހަރެމެންނަށް ނަމާދަށް ތިބެންޖެހުނީ ދެ ތަނބުދޭތެރޭގައެވެ. (ދެތަނބުދޭތެރޭގައިވާ ސަފެއްގައެވެ.) ނަމާދުން އަވަދިވުމުން އަނަސް ބިން މާލިކު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު އަހަރެމެން މިކަމުން ދުރުހެލިވަމެވެ.”

އިބްނު މުފްލިޙު ރަޙިމަހުﷲ ވިދާޅުވިއެވެ. “ތަނބުތަކުގެ ތެރޭގައި ސަފުހެދުން މައުމޫމުންނަށް މަކްރޫހަވެގެން ވެއެވެ.” (އިމާމު) އަޙްމަދު ވިދާޅުވިއެވެ. “އެއީ ސަފު މެދުކަނޑާލާ ކަމެކެވެ.” “الفروع” (2/39)
ނަމާދުކުރާ މީހުން ގިނަވުމުގެ ސަބަބުން ނުވަތަ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން އެކަމަށް ޙާޖަތް ޖެހިގެންވާ ޙާލަތުގައި މެނުވީއެވެ. އެފަދަ ޙާލަތެއްގައި މަކްރޫހައެއް ނުވާނެއެވެ.
ސަޢޫދީގެ ދާއިމީ ފަތުވާކޮމެޓީގެ ޢިލްމުވެރިން ވިދާޅުވިއެވެ.
“ތަނބުތަކުގެ ދެމެދުގައި ސަފުހެދުން މަކްރޫހަވެގެން ވެއެވެ. މިސްކިތް ފުރިބާރުވެ، ނަމާދުކުރާ މީހުން ގިނަވެއްޖެ ޙާލަތެއްގައި މެނުވީއެވެ.” “فتاوى اللجنة الدائمة” (5/295)
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “މިސްކިތް ފުރިބާރުވެއްޖެ ނަމަ ތަނބުތަކުގެ މެދުގައި ސަފުހެދުން ހުއްދަވެގެންވާ ކަމަށް ބައެއް ޢިލްމުވެރިން އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ. ޖާގަ ތަނަވަސް ވެގެންވާ ޙާލަތުގައި ތަނބުތަކުގެ މެދުގައި ސަފުހެދުމާ މެދު ޚިލާފުއުފެދިފައިވެއެވެ. އެންމެ ޞައްޙަ ބަހުގައި އެއީ ނަހީވެގެންވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ސަފު މެދުކެނޑިގެންދާތީއެވެ. ޚާއްޞަކޮށް ތަނބު ފުޅާނަމައެވެ.”
މިސްކިތް އެތަނުގެ އަހުލުވެރިންނައިގެން ފުރިބާރުވެއްޖެ ކޮންމެ ހިނދެއްގައި، އަދި ނަމާދުކުރާ މީހުން ގިނަވެއްޖެ ހިނދެއްގައި ތަނބުތަކުގެ ދޭތެރޭގައިސަފުހެދުމަކަށް މަނަލެއް ނެތެވެ.

 

މަރްޖިޢު
https://islamqa.info/ar/answers/135898

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add