އަންނަ ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދުކުރަން ސައުދީ އަރަބިއްޔާގެ ހުރިހާ ރައްޔިތުންނަށް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަމުރުކުރައްވައިފި އެވެ
އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ނެރުއްވާފައިވާ ބަޔާނުގައިިވަނީ ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމަށާއި، އިޙްސާންތެރިވުމަށާއި، ސުންނަތް ނަމާދުތަކާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށްވެސް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
#الديوان_الملكي: #خادم_الحرمين_الشريفين يدعو إلى إقامة صلاة الاستسقاء في جميع أنحاء المملكة يوم الخميس الموافق 24 شعبان 1447هـ.https://t.co/JlS38P37Oq#واس pic.twitter.com/4us5wJjQNh
— واس الأخبار الملكية (@spagov) February 10, 2026
އިސްތިސްޤާ ނަމާދަކީ، ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވުމުން، އެ ޙާލަތުން މިންޖުކޮށްދެއްވައި ވާރޭ ވެއްސަވައިދެއްވުން އެދި ބޮޑު ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދެކެވެ.




