Advertisement
BML Home 2nd Ad

ބަންގިގޮވާމީހާ ރޯދަވީއްލާނީ ބަންގި ގޮވުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ؟

އަޞްލަކީ ރޯދަވެރިޔާ، އިރު އޮއްސުމާއެކު ނުވަތަ ރޭގަނޑު ފެށުމާއެކު، ވީހާ އަވަހަކަށް ރޯދަ ވީއްލުމެވެ. އެކަމުގެ ދަލީލަކީ ﷲ

Advertisement
Etukuri Inside ad 300x300 Desktop

ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅެވެ.

( وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ) البقرة/187 .

އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.

އައްޠަބަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ “ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.” ގައި ކަނޑައަޅުއްވާފައި އެވަނީ ރޯދައިގެ ނިމުމަކީ ރޭގަނޑުވުން ކަމުގައެވެ. އަދި ރޯދަ ވީއްލަންވީ ވަގުތު އެއޮތީ އެ އާޔަތުގައި ބަޔާންކުރައްވާފައެވެ. އެއީ ކެއުމާއި ބުއިމާއި ޖިމާޢުވުން ހުއްދަވާ ވަގުތެވެ. އަދި ރޯދަހިފުން ފެށުންވަނީ ރޭގަނޑު ނިމުމުންނެވެ.(ފަތިސްވުމުންނެވެ) އެއީ ދުވަހުގެ ފެށުމެވެ. އެހެންކަމުން މީގެން އެނގެނީ ރޭގަނޑުގައި ރޯދަހިފުން ނޯންނަކަމެވެ. އަދި ދުވާލުގައި ރޯދަ ނުހިފުން ނޯންނަކަމެވެ. ” تفسير الطبري ” ( 3 / 532 ) .

ސުންނަތްވެގެންވަނީ ރޯދަވެރިޔާ ވަޤުތުޖެހުމާއެކު ވީހާވެސް އަވަހަކަށް ރޯދަ ވީއްލުމެވެ.

عَنْ سَهْلِ بْنِ سَعْدٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْر رواه البخاري (1957)، ومسلم (1098).

ސަހްލު ބިން ސަޢްދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައި ނުދާނެއެވެ.”

އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ރޯދަވީއްލުން އަވަސްކުރުމާއި ހާރުކެއުން ލަސްކުރުންވަނީ ސުންނަތުގެ ތެރެއިންނެވެ. ރޯދަވީއްލުން އަވަސްކުރުން ވަނީ އިރުއޮއްސުނުކަން ޔަޤީންވުމަށްފަހުގައެވެ. އިރުއޮއްސިއްޖެތޯ ނުވަތަ ނޫންތޯ ޝައްކުވާ ޙާލަތުގައި ރޯދަވީއްލުން އެއްވެސް މީހަކަށް ހުއްދަވެގެންނުވެއެވެ. އެހެނީ ފަރްޟުކަމެއްގައި ޔަޤީންކަން ލާޒިމްކުރާނަމަ، އެކަން ފިލައިގެންދާނީ ޔަޤީންކަން ލިބުމުންނެވެ.” ” التمهيد ” (21 / 97 ، 98 ) .

އަންނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އިރު އޮއްސުނުކަން ޔަޤީންވުމާއެކު، ރޯދަ ވީއްލުމަށް އަވަސްވެގަތުމަށް މި ޙަދީޘްގައި ބާރުއަޅުއްވާފައިވެއެވެ. އޭގެ މާނައަކީ، އެމީހުން މި ސުންނަތަށް ރައްކާތެރިވާހާ ހިނދަކު، އުންމަތުގެ ކަންކަން ތަރުތީބުގެ މަތީގައި ހުންނާނެކަމާއި މީސްތަކުން ހެޔޮކަންމަތީގައި ވާނޭކަމެވެ.” ” شرح مسلم ” ( 7 / 208 ) .

ބަންގިގޮވާމީހާ ދަންނައެވެ. ބަޔަކު އެބައިމީހުންގެ ރޯދަވީއްލުމަށްޓަކައި އޭނާގެ ބަންގިއަށް އިންތިޒާރުކުރާނަމަ، ފަހެ އޭނާ ބަންގި ދިނުން އަވަސްކުރަންޖެހޭނެއެވެ. މީސްތަކުން ރޯދަ ވީއްލުން ފަސްކުރުމުގެ ސަބަބަކަށް އޭނާ ނުވުމަށްޓަކައެވެ. އެހެނީ، އެގޮތަށް ފަސްވެގެން ދިޔުމަކީ ސުންނަތާ ޚިލާފު ގޮތެކެވެ. ބަންގިގޮވާ މީހާ ރޯދަވީއްލަނީ ވަރަށް ކުޑަގޮތަކަށްނަމަ، މިސާލަކަށް ފެން ފޮދެއް ބޯލައިގެން، އެކަމުގެ ސަބަބުން ބަންގިއަށް ލަސްކަމެއް ނާންނާނެއެވެ. އެ ޙާލަތުގައި އެގޮތަށް ކުޑަގޮތަކަށް ރޯދަ ވީއްލާލައިގެން ބަންގި ގޮވުމަކުން މައްސަލައެއް ނެތެވެ.

ބަންގިގޮވާ މީހާ ބަންގި ގޮވަނީ، ބަންގި އަޑުއަހާނޭ ބަޔަކު ނެތް ތަނެއްގައިކަމުގައިވާނަމަ، މިސާލަކަށް ސަހަރާތެރޭގައި އެކަނި ނަމާދުކުރާ މީހަކު ގޮވާ ބަންގި، ނުވަތަ އޭނާ ބަންގި ދެނީ އޭނާ ކައިރީގައި ތިބި ބަޔަކަށް ކަމުގައިވާނަމަ (މިސާލަކަށް ދަތުރުކުރަމުންދާ ބަޔަކަށް)، އެހާލަތުގައި ރޯދަ ވީއްލާފައި ބަންގި ގޮވުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެހެނީ، އޭނާ ބަންގި ނުދިން ކަމުގައިވިޔަސް އޭނާއާއެކުގައި ތިބި މީހުން އޭނާއާއެކު ރޯދަ ވީއްލާނެތީއެވެ. އެމީހުން އޭނާގެ ބަންގިއަށް އިންތިޒާރެއް ނުކުރާނެއެވެ.

ވަﷲ އަޢުލަމު

 

މަރްޖިޢު

https://islamqa.info/ar/answers/66605

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add