Advertisement
BML Home 2nd Ad

މާބަނޑުމީހާއަށް ބޮޑަށް ރަނގަޅީ ރޯދަހިފުން ހެއްޔެވެ ނުވަތަ ރޯދަ ދޫކޮށްލުން ހެއްޔެވެ؟

މާބަނޑުމީހާ އަކީވެސް އެހެން މީހުން ފަދައިން ރޯދަ ހިފަންޖެހޭ އެކަމުގެ ތަކުލީފު ލިބިގެންވާ މީހެކެވެ. އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާނެކަމަށް ބިރުގަންނަ ނަމަ މެނުވީއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ- البقرة: 184 (އަދި ދަތި އުނދަގުލާއެކު އެކަމަށް ކުޅަދާނަކަން ލިބޭ މީހުންގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމާއެކު ފިދްޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދޭ މިންވަރެވެ.) މި ބަސްފުޅުގެ ތަފްސީރުގައި ވިދާޅުވިއެވެ.

މިއީ ރޯދަހިފުމުގެ ކުޅަދާނަކަށް ލިބިގެންނުވާ މުސްކުޅި ފިރިހެނާއަށާއި މުސްކުޅި އަންހެނާއަށް ދެއްވާފައިވާ ލުއިފަސޭހަކަމެކެވެ. އެދެބައިމީހުންވެސް ރޯދަދޫކޮށްލާނީއެވެ. އަދި ރޯދަ ދޫކޮށްލާ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. ކިރުމައިމީހާ އޭނާގެ ކިރުދޭ ދަރިފުޅުގެ މައްޗަށް، މާބަނޑު މީހާގެ އޭނާގެ ބަނޑުގައިވާ ދަރީގެ މައްޗަށް ގެއްލުމެއް ލިބިދާނެކަމަށް ބިރުވެތިވާނަމަ، އެދެމީހުންވެސް ރޯދަ ދޫކޮށްލާނީއެވެ. އަދި މިސްކީނުންނަށް ކާންދޭނީއެވެ. رواه أبو داود (2317) وصححه الألباني في إرواء الغليل 4/18،25

މާބަނޑު އަންހެނުން ރޯދައިގައި ތިންބަޔަކަށް ބެހެއެވެ.
1- ރޯދަ ދޫކޮށްލުން ހުއްދަ މީހުން: ރޯދަ ހިފުމުގެ ސަބަބުން ގެއްލުން ނުލިބުނަސް މާބަނޑުވުމުގެ ސަބަބުން ރޯދަ ހިފުން ބުރަކަމަކަށް ވާ މީހުން
2- ރޯދަ ދޫކޮށްލުން ވާޖިބު މީހުން: ރޯދަ ހިފުމުގެ ސަބަބުން މާބަނޑު މީހާއަށް ނުވަތަ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ލިބޭ މީޙުން
3- ރޯދަ ދޫކޮށްލުން ޙަރާމް މީހުން: ރޯދަ ހިފުމުގެ ސަބަބުން މާބަނޑު މީހާއަށް ބުރަކަމެއް ނުލިބޭ މީހުން

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
މާބަނޑު މީހާ ވަނީ ދެ ޙާލަތެއްގައެވެ.
ފުރަތަމަ ޙާލަތަކީ، އޭނާއަކީ ރޯދަހިފޭ، ގަދަފަދަ މީހަކަށްވުމެވެ. ރޯދަ ހިފުމުގެ ސަބަބުން ބުރަކަން ނުލިބޭ ބަނޑުގައިވާ ދަރިފުޅަށްވެސް އެކަމުގެ ސަބަބުން އަސަރު ނުކުރާ ޙާލަތުގައި ހުރުމެވެ. ފަހެ އޭނާގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެންވެއެވެ. އެހެނީ ރޯދަ ދޫކޮށްލުމަށް އޭނާއަކަށް ޢުޛުރެއް ނެތެވެ.

ދެވަނަ ޙާލަތަކީ، މާބަނޑުވުމުގެ އުނދަގޫ ތަކުގެ ސަބަބުން ރޯދަޔަށް ނުހުރެވޭ މީހާ، އޭނާގެ ހަށިގަނޑުގެ ބަލިކަށިކަމުގެ ސަބަބުން ނުވަތަ އެހެންވެސް ކަމެއްގެ ސަބަބުން ރޯދަނުހިފޭމީހާ މި ޙާލަތުގައި އޭނާ ރޯދަ ދޫކޮށްލާނީއެވެ. ޚާއްޞަކޮށް ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާނެނަމައެވެ. އޭރުން އޭނާ ރޯދަ ދޫކޮށްލުން ވާޖިބުވާނެއެވެ. فتاوى الشيخ ابن عثيمين 1/487

ޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ.
“މާބަނޑު މީހާއާއި ކިރުމައިމީހާގެ ޙުކުމަކީ ބަލިމީހާގެ ޙުކުމެވެ. އެދެމީހުންނަށް ރޯދަ ހިފުން ބުރަކަމަކަށް ވެއްޖެނަމަ ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެދެމީހުންގެ މައްޗަށްވެސް ވަނީ އެ ރޯދަތައް ފަހުން ޤަޟާކުރުމެވެ. އެއީ ބަލިމީހާ ފަދައިންނެވެ.

ބައެއް ޢިލްމުގެ އަހުލުވެރިން ވިދާޅުވާގޮތުން އެދެމީހުންވެސް ދޫކޮށްލާ ކޮންމެ ރޯދަޔަކަށް މިސްކީނަކަށް ކާންދިނުމުން ފުދޭނެކަމުގައި ވިދާޅުވެއެވެ. އެކަމަކު އެއީ ޟަޢީފު، މަރްޖޫޙު (ރާޖިޙު ނޫން) ބަސްފުޅެކެވެ. އެކަމުގައި ޞައްޙަ ބަސްފުޅަކީ، އެދެމީހުންގެ މައްޗަށްވެސް ވަނީ ރޯދަ ޤަޟާކުރުމެވެ. ދަތުރުވެރިޔާއާއި ބަލިމީހާ ފަދައިންނެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ – البقرة 184

ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. އަދި އަންނަނިވި ޙަދީޘްވެސް މިކަމަށް ދަލާލަތު ކުރެއެވެ.

عَنْ أَنَسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( إِنَّ اللَّهَ عَزَّ وَجَلَّ وَضَعَ عَنْ الْمُسَافِرِ شَطْرَ الصَّلاةِ وَالصِّيَامَ وَعَنْ الْحَامِلِ وَالْمُرْضِع ) . رواه أبو داود (2408) والترمذي (715) والنسائي (2315) وابن ماجه (1667) أن وصححه الألباني في صحيح أبي داود .

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ، ދަތުރުވެރިޔާއަށް ނަމާދުގެ ދެބައިކުޅަ އެއްބައިގައި (ނަމާދު ޤަޞްރުކުރުމަށް) ލުއިކަން ދެއްވިއެވެ. އަދި އޭނަ ރޯދަ ހިފުމަށްވެސް މެއެވެ. އަދި މާބަނޑު މީހާއާއި ކިރުމައިމީހާ ރޯދަހިފުމުގައި ލުއިކަން ދެއްވިއެވެ.”” تحفة الإخوان بأجوبة مهمة تتعلق بأركان الإسلام ” ص 171

މަޞްދަރު: https://islamqa.info/ar/answers/3434

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add