އިސްލާމީ ޤައުމުތަކުގެ ހުތުރު މޫނުތަށް!

އިޒްރޭލާއި އެމެރިކާއިން އިރާނަށް ދޭން ފެށި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، އިރާނުން ކެނޑިނޭޅި ވަށައިގެންހުރި އަރަބި ޤައުމުތަކުގައިހުރި އެމެރިކާގެ ބޭސްތަކަށާއި އިޒްރޭލަށް ދެމުން އަންނަ ރައްދު ހަމަލާތަކުގައި، މީގެން ޒަމާނަކުވެސް ނުލިބޭވަރުގެ ބޮޑެތި ގެއްލުންތަކެއް އެޤައުމުތަކަށް ކުރެމަތިވެފައިވެއެވެ. އިރާނުން ކުއްލި ޙަމަލާތަކުން، މިއަދު މުޅި އިސްލާމީ ދުނިޔެ ފަޚުރުވެރިވާއިރު، މިއަދުގެ އަރަބި ޤައުމުތަކުގެ ވެރިންގެ ޔަހޫދީކަމާއި، ފިނޑިކަންވަނީ ފެނިގެންގޮސްފައެވެ.

ފަލަސްޠީނުގައި ތިބި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަށް ކުއްވެރިކޮށްލަން ކެރޭ އަރަބި ޤައުމުތަކުގެ ވެރިއެއް ނެތެވެ. ސަޢޫދީ އަރަބިއްޔާ، އުރުދުން، މިސްރު، ޤަޠަރު، ބަހްރެއިން، ސީރިޔާ އަދި އޮމާން ފަދަ ޤައުމުތަކުގެ ވެރިންގެ ވެރިކަމާއި، ރަސްކަން ދެމެހެއްޓުމަށް ޔަހޫދީންގެ މަދަދު އެމީހުން ހޯދަމުން އަންނައިރު، އަޅުގަނޑުމެންގެ ލޮބުވެތި ފަލަސްޠީނު ރައްޔިތުން ނިކަމެތި ޙާލަތް ދޫކޮށްލާފައިވެއެވެ. ބަޙްރެއިން އާއި ޖޯޑަންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިއްޔެގެ ވަގުތުގައި އީރާނު ސިފައިން ޙަމަލާދެމުން ދިޔައިރު، އެޤައުމުގެ ރައްޔިތުން އުފާކުރަމުން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޚުދު އެރައްޔިތުންނަށްވެސް، އެޤައުމުގެ ވެރިންގެ ނުބައި ނުލަފާކަން އެނގޭތީ ނުވަތަ އިސްލާމީ އަޚްވަންތަކަށް ލޯތްބާއި ކުލުނު ހިތުގައި އޮތީމައެވެ.

މިވަގުތު ސައުދީ އަރަބިއާ، ޖޯޑަން، ޤަޠަރު، ޔޫއޭއީ ފަދަ ޤައުމުތަކަށް އިރާނުން ވަރަގަދަ ޙަމަލާތަކެއްދީ އެމެރިކާގެ އެސެޓްތަކާއި ބޭސްތަށް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު، އަމިއްލަ ދިފާޢުގައި އެއްވެސް ކަމެއް ކުރަންވެސް އެތިބީ ނުކެރިފައެވެ. ފިނޑި ޔަހޫދީންނަށްވުރެންވެސް މިއަދުގެ އިސްލާމީ ޢުންމަތުގެ ވެރިންގެ ޔަހޫދީކަން ބޮޑުވެ ފިނޑި ބަޔަކަށްވެގެންގޮސްފައިވާކަމަކީ ޙަޤީޤަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *