އިރާނުން އިޒްރޭލުގެ މައިސިޓީ ސުންނާފަތި ކޮށްލައިފި! އެމެރިކާގެ ގިނަ އިސް ކޮމާންޑަރުން ތަކެއް ވެސް މަރާލައިފި!

ރެއަކީ އީރާނުގެ ބަދަލު ހިފުމުގެ ޙަމަލާތަށް ޔަހޫދީ އިޒްރޭލާއި އެމެރިކާގެ ބޭސްތަކަށް އަމަޒުކޮށް ދީފައިވާ ރެއެކެވެ. އެގޮތުން، އިޒްރޭލުގެ މައި ސިޓީ ތެލްއަވީވް ގޭސް ފެކްޓްރީތަކާއި ބޮޑެތި ޑީސެލިނޭޝަން ޕްލާންޓްތަކާއި ޕަވަރ ޕްލާންޓްތަކާއި، މޮސާޑު މަރުކަޒުތަކާއި ސިފައިންގެ ބޭސްތަކަށް އަމާޒުކޮށް އިރާނުން ދީފައިވާ ރައްދު ހަމަލާތަކާހުރެ، މިވަގުތު އިޒްރޭލު އޮތީ ސުންނާފަތިކޮށްފައޭވެސް ބުނެވިދާނެއެވެ. މީގެ އިތުރުން، ރޭގައި އީރާނުން އިޒްރޭލަށް ޙަމަލާދިނުމަށް ބޭނުންކުރި ބެލެސްޓިކް މިސައިލްތަކުގެ ނުރައްކާތެރިކަން ބޮޑުކަމުން އޭގެން ލިބުނު ގެއްލުންތަށް ސާފުކޮށް ސޯޝަލް މީޑިއާ އެކްސްފަދަ އެކައުންޓްތަކުގައި ދައުރުވަމުން އެބަދެއެވެ.

ރޭގައި، ބަޙްރެއިންގައި ހުރި އެމެރިކާ ސިފައިން އެކޮމަޑޭޝަން ހަމަޖެހިފައިވާ ހޮޓަލަކަށް އީރާނުން ޑްރޯން ޙަމަލާދިން މަންޒަރުގެ ވީޑިއޯވެސް ޢާންމުވެފައިވާއިރު، އެޙަމަލާގައި މަރުވި އެމެރިކާ ސިފައިންނާއި ޒަޚަމްވި އެމެރިކާ ސިފައިންގެ ޢަދަދު 40 އަށް އަރާކަމުގައި މަޢުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ގިނައީ ކޮމާންޑަރުން ކަމުގައިވާއިރު، ކުވެއިތަށާއި ބަޙްރެއިން އަދި ޤަޠަރުގައިވާ އެމެރިކާ ބޭސްތަކަށް އީރާނު ސިފައިންގެ ޙަމަލާ އަމާޒުވިއިރު، ޝިކާރައަކަށް ނޭޓޭ ސިފައިންވެސް ވެފައިވެއެވެ. އޭގެ ތެރޭގައި، އިޓަލީގެ 20 ސިފައިންގެ މީހަކު މަރުވެފައިވާއިރު، އީރާނުގެ ރައްދު ޙަމަލާތަށް ވަރުގަދަކަމާހުރެ، އެމެރިކާގެ ރައީސް ޕްރެސް ބްރީފިންގވެސް ވަނީ ކެންސަލްކޮށްފައެވެ. އީރާނަށް އެމެރިކާ އިސްވެ އޮވެ ޙަމަލާދިންއިރު، އީރާނުގެ ރައްދު ޙަމަލާތަށް މިހާ ވޭންދެނިވި ވެދާނެކަމަށް އެމެރިކާގެ ރައީސަށް އަންދާޒާކުރެވިފައިނުވާކަމަށް ހަނގުރާމަ ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

އެމެރިކާއާއި އިޒުރޭލުގެ ކުއްލި ފުރަތަމަ ހަމަލާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއާއި ސިފައިންގެ އިސްވެރިންތަކެއް ޝަހީދުވިއިރު އޭގެ ބަދަލު ވަރަށް ހިތިކޮށް ހިފާނެކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަ ވެދާނެ ހާލަތެއްގައި ސަރުކާރު ހިންގާނެ ފަރާތްތައް ހަމަޖައްސައި ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ،.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *