Advertisement
BML Home 2nd Ad

މިޔަރާއި ކޯމަސް ކެއުމުގެ ޙުކުމް

ސުވާލު: މާތްﷲ ގެ މި ވަޙީބަސްފުޅާ ގުޅިގެން “أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ” “ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް حلال ކުރައްވާފައިވެއެވެ.” [އަލްމާއިދާ:96] ކޮށްލަން ބޭނުންވާ ސުވާލަކީ، މީގެ ތެރޭގައި މިޔަރާއި ކޯމަސް ވެސް ހިމެނޭނެތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: ކަނޑު ފިޔަވައި އެހެން އެއްވެސް ތަނެއްގައި ދިރިނޫޅޭ ކޮންމެ ދިރޭއެއްޗެއްވެސް ޝިކާރަކުރުން ހިމެނޭނީ ކަނޑުގެ ކެޔޮޅުކަން ކުރުމުގެ ތެރޭގައެވެ. އެހެނީ މިތަކެތި އެއިން އިސްތިސްނާކުރާނޭ އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ކިނބުލާއި ވެނުގެ މަސްކެއުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް މިއަށް ސީދާ ދަލީލެއް ލިބިފައެއްނެތެވެ.

މާތް ﷲގެ ވަޙީ ބަސްފުޅު “أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ” މާނައީ: “ކަނޑުގެ ކެޔޮޅުކަން ކުރުން ތިޔަބައިމީހުންނަށް حلال ކުރައްވާފައިވެއެވެ.” މިފަދައިން ވަޙީ ކުރައްވާފައިވާ ބަސްފުޅުން ނެގެނީ އާންމު ހުކުމެކެވެ. މީގައި އައިސްފައިވާ ޝިކާރަކުރުމަކީ “ކަނޑުކެޔޮޅުކަމެވެ.” މިކަމުން ދޭހަވަނީ ހަމައެކަނި ކަނޑުގައި ދިރިއުޅޭ ހުރިހާ ތަކެތި އެއްވެސް އިސްތިސްނާއެއް ނެތި ހުއްދަކުރައްވާފައިވާ ކަމެވެ.

ކިނބުލަކީ ނުރައްކާތެރި ޖަނަވާރަކަށްވެފައި، ކަނޑާއި އެއްގަމުގައިވެސް އުޅޭ އެއްޗަކަށްވުމުން، އޭގެ މަސްކެއުން ޙަރާމް ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔު ބޮޑަށް ރާޖިޙު ކަމަށް ފެނެއެވެ. ހަމައެކަނި ކަނޑުގައި އުޅޭ އެއްޗެހީގެ މަސްކެއުން ޙަލާލެވެ.

فتاوى اللجنة الدائمة الفتوى رقم ( 15834 )

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add