Advertisement
BML Home 2nd Ad

ހުވައިގެ ކައްފާރާގެ ރޯދަ ހިފުމުގައި ޖައްސަޖައްސައިގެން ހިފުން

ހުވައިގެ ކައްފާރަ ރޯދަ ހިފުމުގައި ތިންދުވަހު ރޯދަ ހިފާއިރު، ޖައްސަޖައްސައިގެން ހިފުން ވާޖިބެއް ނޫނެވެ. ވަކި ވަކީން އެ ރޯދަ ހިފިކަމުގައިވިޔަސް ފުދޭނެއެވެ. އެއީ އަންނަނިވި އާޔަތުގައި އެކަން މުޠްލަޤުކޮށް ބަޔާންވެފައިވާތީއެވެ.

Advertisement
Etukuri Inside ad 300x300 Desktop

( لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ..) {المائدة-89}

މާނައީ: “ތިޔަބައިމީހުން ހިތުގެ ގަސްތަކާއި ނުލައި (ވާހަކައިގެ ތެރޭގައި) ބޭކާރުގޮތުގައި ކުރާ ހުވަޔަކަށް މާތް ﷲ މުއާޚަޛާ ނުކުރައްވާނެއެވެ. (ޢަޛާބެއް ނުދެއްވާނެއެވެ.) އަދިކިޔެއް، އެއިލާހު މުއާޚަޛާ ކުރައްވަނީ ތިޔަބައިމީހުން ހިތުގެ ގަސްތާއި އެކުގައި ކުރާ ހުވައަށެވެ. އެފަދަ ހުވައިގެ ކައްފާރާއަކީ ތިޔަބައިމީހުންގެ އަހުލުވެރިންނަށް ކާންބޯން ދީ އުޅޭ މެދުމިނުގެ ކާއެއްޗިހިން ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ ދިހަ މިސްކީނުންނަށް (އެފެންވަރުގެ) ފޭރާން ދިނުމެވެ. ނުވަތަ އަޅަކު މިނިވަން ކުރުމެވެ. ފަހެ އެއިން ކަމެއް ކުރުމަށް ނުލިބިއްޖެ މީހާ ތިން ދުވަހު ރޯދަ ހިފާށެވެ.”

މި އާޔަތުގައި ރޯދަހިފުން، ޖައްސަ ޖައްސައިގެން ރޯދަހިފުމަށް ޤައިދުކޮށްފައި ނުވެއެވެ.
އިބްނު ޙަޒްމު رحمه الله ވިދާޅުވިއެވެ. “ވަކި ވަކިން ރޯދަ ހިފިކަމުގައިވިޔަސް إن شاء الله ފުދޭނެއެވެ. އެއީ މާލިކު އަދި ޝާފިޢީގެ ބަސްފުޅުވެސް މެއެވެ. އެހެނީ ﷲ ތަޢާލާ އެ ރޯދައާމެދު ހިފަންވީ ޖައްސަޖައްސައިގެން ކަމެއް ނުވަތަ ވަކިވަކީން ކަމެއް ބަޔާންނުކުރައްވާ އޮތުމުން، ކޮންމެ ގޮތަކަށް އެ ރޯދަ ހިފިކަމުގައިވިޔަސް ފުދޭނެއެވެ.” ” المحلى ” (6/345)

ސަޢޫދީ ފަތާވާ ކޮމެޓީގެ ފަތުވާގައި ވެއެވެ. “އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ހުވައިގެ ކައްފާރާގެ ރޯދަ ޖައްސަޖައްސައިގެން ހިފުމެވެ. އެކަމަކު ވަކިވަކީން ހިފިކަމުގައިވިޔަސް މައްސަލައެއް ނެތެވެ.” ( فتاوى اللجنة الدائمة (23/22)
ބައްލަވާ: الإنصاف (11/42) و المغني (10/15) والمدونة (1/280) .

 

މަރްޖިޢު
https://islamqa.info/ar/12700

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add