Advertisement
BML Home 2nd Ad

ބަދަލުވަމުން އައި ދުޢާ

އަހަރެން ކުޑައިރު، ހުކުރު ޚުޠުބާގައި އިމާމު ދުޢާކުރާ އަޑުއަހަމެވެ.
اللّهم انصر إخواننا في فلسطين ..!

Advertisement
Etukuri Inside ad 300x300 Desktop

އޭ ﷲ، ފަލަސްޠީނުގައި ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!

**********************

ދުވަސްތަކެއް ފަހުން، ހުކުރު ޚުޠުބާގައި އިމާމު ދުޢާކުރާ އަޑުއަހަމެވެ.
اللّهم انصر إخواننا في فلسطين و أفغانستان ..!
އޭ ﷲ، ފަލަސްޠީނާއި އަފްޣާނިސްތާންގައި ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!

**********************

ހުކުރު ޚުޠުބާގައި އިމާމު މިދުޢާ ކުރާތީ ދެން އިވެންފަށައިފިއެވެ.
اللهم انصر في فلسطين وأفغانستان والشيشان ..!
އޭ ﷲ، ފަލަސްޠީނާއި އަފްޣާނިސްތާނާއި ޝީޝާންގައި ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!

**********************

ދެން އިވެންފެށީ ޚުތުބާގައި އިމާމު މިފަދައިން ދުޢާކުރާތީއެވެ.
اللّهم انصر إخواننا في فلسطين وأفغانستان والشّيشان والصّومال ..!
އޭ ﷲ، ފަލަސްޠީނާއި އަފްޣާނިސްތާނާއި ޝީޝާންއާއި ޞޫމާލް (ސޯމާލިޔާ) ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!

**********************

ދުވަސްގަނޑެއްވީފަހުން އިމާމު މީހާ އޭނާގެ ޚުތުބާގައި މިފަދައިން ދުޢާކުރާތީ އަޑުއިވެންފަށައިފިއެވެ.
اللهم انصر إخواننا في فلسطين وأفغانستان والشّيشان والصّومال والعراق ..!
އޭ ﷲ، ފަލަސްޠީނާއި އަފްޣާނިސްތާނާއި ޝީޝާންއާއި ސޯމާލިޔާއާއި ޢިރާޤުގައި ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!
**********************

ހުކުރު ޚުތުބާގައި އިމާމު މިފަދައިން ދުޢާކުރަންފެށީ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
اللّهم انصر إخواننا في فلسطين وأفغانستان والشّيشان والصومال والعراق وسوريا ..!
އޭ ﷲ، ފަލަސްޠީނާއި އަފްޣާނިސްތާނާއި ޝީޝާންއާއި ސޯމާލިޔާއާއި ޢިރާޤާއި ސޫރިޔާ ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!

**********************
މާގިނަ ދުވަސްތަކެއް ނުވެ، ޚުތުބާގައި އިމާމު މީހާ މިގޮތަށް ދުޢާކުރާތީ އަޑުއިވެން ފަށައިފިއެވެ.

اللهم انصر إخواننا في فلسطين وأفغانستان والشّيشان والصّومال والعراق وسوريا وبورما ..!
އޭ ﷲ، ފަލަސްޠީނާއި އަފްޣާނިސްތާނާއި ޝީޝާންއާއި ސޯމާލިޔާއާއި ޢިރާޤާއި ސޫރިޔާ އާއި ބަރުމާ ތިބި އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!
**********************

ކުޑައިރުއްސުރެ އަހަރެންނަށް އިވެމުން އައި ހުކުރު ޚުތުބާގެ ދުޢާ މިފަދައިން ބަދަލުވީ ވަރަށްފަހުންނެވެ. އަހަރެން ބޮޑުވީފަހުންނެވެ.
اللهم انصر إخواننا المسلمين في كل مكان ..!
އޭ ﷲ، ހުރިހާ ތަނެއްގައިވާ އަހަރެމެންގެ އަޚު މުސްލިމުންނަށް ނަޞްރުދެއްވާނދޭވެ!

**********************

އަހަރެންގެ ހިތަށް އެރިއެވެ. އަހަރެމެންގެ އުންމަތުގައި ދެން ބާކީއޮތީ ކޮންތަނެއް ހެއްޔެވެ؟ ޝާމުކަރައާއި ޢިރާޤުކަރައާއި ޤުދުސުވެސް ދިޔައީއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭ! އިސްތިޢުމާރީ ވަކިތަކުން ސަލާމަތްވެ، މުސްލިމު ފަސްގަނޑެއްގައި އިސްލާމްދީނުގެ ޝިޢާރުފާޅުކުރުމަކީ ހާސް ނިޢުމަތެވެ. އެފަދަ ނިޢުމަތެއް އަޅުގަނޑުމެންނަށް ލިބިފައި ވަނިކޮށް މުސްލިމުން ކަތިލަމުންދާ މުސްލިމުންގެ ދުޝްމަނުންނަށް ދަޢުވަތުދީ އެމީހުންގެ ފައިބުޑަށް ވެއްޓިގަނެ ކުރުނީސްކޮށް، ދުނިޔަވީ މަދު ފައިސާކޮޅަކަށްޓަކާ ޤައުމުގެ އިސްލާމްދީނާއި ޤައުމުގެ އިސްތިޤްލާލު ވިއްކާލުމަކީ އޭގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ ބޮޑު ގެއްލުމެކެވެ.

ލޮބުވެތި މުސްލިމު އަޚުންނާ އުޚްތުންނޭ! އިމާމު މީހާގެ ދުޢާގައި

اللهم انصر إخواننا في جزر المالديف ..!
އޭ ﷲ، ދިވެހި ރާއްޖޭގައިވާ އަހަރެމެންގެ އަޚުންނަށް ނަޞްރުދެއްވާނދޭވެ!” ކިޔަންޖެހޭ ދުވަސް އޮތީ މާދުރަކު ނޫނޭ ހީވާންފަށައިފިއެވެ.

**********************

ޔާ ﷲ މިފަދަ ނުރައްކާތަކުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރައްވާ މި ޤައުމުގެ އިސްލާމްދީނާއި އިސްތިޤްލާލް ނަގާލަން މަސައްކަތްކުރަމުންދާ މީހުންގެ މަކަރުވެރިކަން ފަޟީޙަތްކުރައްވާ، އެމީހުން އިނދަޖައްސަވާދޭނވެ! އަދި މި ޤައުމަކީ އިބަ އިލާހު އެއްކައުވަންތަކުރުން މަތީ ދެމިއޮންނަ ޤައުމެއްކަމުގައި ލައްވާ ޝިރުކާއި ޝިރުކުގެ އަހުލުވެރިންގެ މުޑުދާރުކަމުން މިޤައުމު ޠާހިރުކުރައްވާ ސަލާމަތްކުރައްވާށި! އާމީން

لا حول لنا ولا قوة إلا بالله .. وهو حسبنا ونعم الوكيل

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add