Advertisement
BML Home 2nd Ad

ޙައިޟުވެރިޔާ ދުޢާކުރުން ހުއްދަހެއްޔެވެ؟ ދުޢާކުރަން ބޭނުންނަމަ ކަންތައްކުރަން ޖެހޭނީ ކިހިނެއްތޯއެވެ؟

ސުވާލު: ޙައިޟުވެރިޔާ ދުޢާކުރުން ހުއްދަހެއްޔެވެ؟ ދުޢާކުރަން ބޭނުންނަމަ ކަންތައްކުރަން ޖެހޭނީ ކިހިނެއްތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: الحمد لله والصلاة والسلام على رسول الله

ޙައިޟުވެރިޔާ ދުޢާކުރުމުގައި ވަނީ ހަމަ ޙައިޟުވެރިނޫން މީހާގެ ޙުކުމެވެ. އެއީ އޭނާއަށް ހުއްދަކަމެކެވެ. ބޭނުން ކޮންމެ އިރެއްގައި ހަމަ ދުޢާކުރަންވީއެވެ. ޙައިޟުވެރިޔާ ދުޢާކުރުން މަނާކުރާނޭ އެއްވެސް ދަލީލެއް ނެތެވެ. ޢަރަބި ބަހުންނާއި އޭނާގެ މާދަރީ ބަހުންވެސް ހަމަ ދުޢާކުރަންވީއެވެ. ޙައިޟަކީ އޭނާ އަމިއްލައަށް ލިބިގަންނަ ކަމެއް ނޫނެވެ. އެއީ މާތް ﷲ އޭނާއަށް މެދުވެރިކުރައްވާ ކަމެކެވެ.

ވީމާ، އެ ޙާލަތު މެދުވެރިވުމަކީ އޭނާ ބޭނުންވާ ކަންކަން މާތް ﷲ އަށް ދެންނެވުން މަނާވާން ޖެހޭ ސަބަބެއް ނޫނެވެ. ޙައިޟުގެ ޙާލަތުގައި ހުއްޓާ ހަމަ ކިތަންމެ ބޮޑުކަމެއްވެސް މެދުވެރިވެދާނެއެވެ. ދެން ޙައިޟު ރަނގަޅުވަންދެން ދުޢާނުކޮށް ހުންނަންވީ ހެއްޔެވެ؟

ޙައިޟުވެރިޔާ ދުޢާކުރުން ހުއްދަކަމުގެ ދަލީލަކަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު ފުދެއެވެ. ޙައްޖަތުލް ވަދާޢުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާ އިޙްރާމްގެ ހާލަތުގައި ހުންނަވަނިކޮށް ޙައިޟުވެވަޑައިގަތުމުގެ ސަބަބުން ޙައްޖުގެ މަނާސިކުތައް އަދާކުރެވިދާނެތޯ އެކަލޭގެފާނާ ސުވާލު ދެންނެވުނު ހިނދު އެކަމަނާއަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

افْعَلِي مَا يَفْعَلُ الْحَاجُّ غَيرَ أَن لَا تَطُوفِي باِلبَيتِ حَتَّى تَطْهُرِي- رواه البخاري ومسلم މާނައީ: “ކަމަނާ ޙައިޟުން ޠާހިރުވެއްޖައުމަށް ދަންދެން ކަމަނާ ޙައްޖުވެރީން ކުރާ ހުރިހާ ކަމެއް ކުރާށެވެ. ކަޢުބާވަށައިގެން ޠަވާފުކުރުން ފިޔަވައެވެ.” އަހަރެމެންނަށް އެނގޭގޮތުގައި ޙައްޖުވެރިން ކުރާ ކަންކަމުގެ ތެރޭގައި އެއްވެސް ޝައްކެއްނެތި ދުޢާކުރުމާއި ޛިކްރުކުރުން ހިމެނެއެވެ. ވީމާ، ޙައިޟުވެރިޔާއަށް ދުޢާ ކުރެވޭނެއެވެ.

ދެން އޮތް ސުވާލަކީ ދުޢާ ކުރާނީ ކިހިނެއްތޯއެވެ؟ ޙައިޟުވެރިޔާ ދުޢާކުރާއިރު ޙައިޟުވެރިނޫން މީހަކު ދުޢާކުރުމާ ހުންނާނެ ހަމައެކަނި ތަފާތަކީ ޙައިޟުވެރިޔާއަށް ބައެއް އަޅުކަންތައް ނުކުރެވޭތީ އެ އަޅުކަންތަކުގެ ތެރޭގައި ދުޢާ ނުކުރެވުމެވެ. މިސާލަކަށް ޠަވާފުގެ ތެރޭގައި އަދި ނަމާދުގެ ތެރޭގައި ދުޢާ ނުކުރެވޭނެއެވެ. ދެން ހުރި ހުރިހާ މަޙައްލެއްގައި ދުޢާ ކުރެވޭނެއެވެ.

މިސާލަކަށް، ދުޢާ އިޖާބަކުރެއްވޭ ވަކި ވަގުތެއްގައި ދުޢާކުރަން ބޭނުންނަމަ، އެވަގުތަކާ ދިމާކޮށް، ކޮޅަށް ހުރެ ނުވަތަ އިށީނދެ އިނދެގެން ދުޢާކުރާނިއެވެ. މިސާލަކަށް ދަމު ނަމާދުގެ ވަގުތަކީ ދުޢާ އިޖާބަކުރެއްވޭ ވަގުތެކެވެ. ދެން އެވަގުތުގައި ތެދުވެ، ދުޢާ ކުރާނީއެވެ. ނަމާދު ނުކުރެވުނަސް ދުޢާ ކުރެވޭނެއެވެ.

ވަﷲ އަޢުލަމު

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add