Advertisement
BML Home 2nd Ad

ފާފައެއްކުރަން ހިތަށް އަރާނަމަ މި ދެއާޔަތް ހަނދުމަކުރުމުން އިން ޝާ ﷲ ފާފައިން ސަލާމަތްވާނެ

ފާފައެއް ކުރަން ހިތަށް އަރައިފިނަމަ ނުވަތަ ފާފައެއް ކުރުމަށް ދަޢުވަތު ދެވުނު ނަމަ ކީރިތި ޤުރްއާނުގެ މި އާޔަތް ހަނދާންކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި ހިތަށް އެރުވުމަށްޓަކައި މި ދެ އާޔަތް ހިތުދަސްކޮށްލާށެވެ. މާނައާއެކުގައެވެ.

Advertisement
Etukuri Inside ad 300x300 Desktop

إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (الزمر 13)

“އަހުރެންގެ ރައްބަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ.”

إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (المائدة 28)

“ހަމަކަށަވަރުން، ޢާލަމްތަކުގެ ރައްބުދެކެ ތިމަން ބިރުގަންނަމެވެ.”

އަންނަނިވި ޙަދީޘާމެދު ވިސްނާލާށެވެ.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ، قَالَ: ((سَبْعَةٌ يُظِلُّهُمُ للهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي للهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ للهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ للهَ خَالِيًا، فَفَاضَتْ عَيْنَاهُ)). [متفق عليه]

މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހުގައި، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ. (އެއީ) ޢަދުލުވެރި ވެރިމީހާއާއި، ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ޙަސަބާއި ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ (އެކަމުން ދުރުވެގަންނަ) މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.”

 

މި ދެ އާޔަތުގައި އަދި ޙަދީޘްގައި ވިސްނާ މީހަކަށް ޢިބްރަތްވެއެވެ. ﷲ އަށް ބިރުވެތިވެ، ﷲ އަށް ބިރުވެތިވަމޭ ޛިކްރުކުރެވިފައިވާ އާޔަތް ދަސްކޮށް ހިތަށް ގެންނާށެވެ. އިން ޝާ ﷲ ފާފައިން ސަލާމަތްވާނެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add