Advertisement
BML Home 2nd Ad

ކުޑަކުދިން ކުޅެން ގެންގުޅޭ ބުދުގެ ޙުކުމް

ދިރޭ ފުރާނަ ހުންނަ ތަކެތީގެ ސޫރަ ހެދުމާއި، އެފަދަ ސޫރަތައް ގޭގައި ބެހެއްޓުމާއި، އެފަދަ ސޫރަ ބޭނުންކުރުންވެސް އިސްލާމްދީނުގައި ނަހީކުރައްވާފައިވާއިރު، ކުޑަކުދީން ކުޅޭން ހަދާފައި ހުންނަ ބުދުތަކަށްވެސް އަންނާނީ މި ޙުކުމްތޯ، ވަރަށް ގިނަ މީހުން ސުވާލު ކުރެއެވެ. އެފަދަ ބުދުތައް ހުންނަތަނަކަށް މަލާއިކަތުން ވަދެވަޑައިގަންނަވާނެތޯ ވެސް އަހައެވެ. އެއީ އަންނަނިވި ޙަދީޘްގައި މިފަދައިން އައިސްފައިވާތީއެވެ.

Advertisement
Etukuri Inside ad 300x300 Desktop

( لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ ) –رواه البخاري (3225) ومسلم (2106) .

އެގެއެއްގައި ކުއްތާއެއް ނުވަތަ ސޫރައެއް ވާ ގެއަކަށް މަލާއިކަތަކު ވަދެވަޑައިނުގަންނަވާނެއެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، ކުޑަކުދިން ކުޅެން ގެންގުޅޭ ބުދު، ޙަރާމް ސޫރައިން އިސްތިސްނާވެގެންވެއެވެ. އެހެންކަމުން ކުޑަކުދީން ކުޅެން ގެންގުޅޭ ބުދުތައް ގޭގައި ހުއްޓަސް އެ ގެއަކަށް މަލާއިކަތުން ވަދެވަޑައިގަންނަވާނެއެވެ. މަލާއިކަތުން ވަދެވަޑައިނުގަންނަވާނީ، މާތްކޮށްހިތޭ ސޫރަ، އެލުވާފައި ހުންނަ ސޫރަ ހިތްޕާފައި ނުވަތަ ހަރުކޮށްފައި ހުންނަ ޞޫރަ، ހުންނަ ތަންތަނަށެވެ. އަދި މަލާއިކަތުންގެ ތެރެއިން އެފަދަ ތަންތަނަށް ވަދެވަޑައިނުގަންނަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ. ލިޔުއްވާ މަލާއިކަތުން އެފަދަ ތަންތަނަށް ވަދެވަޑައިގަންނަވާނެއެވެ.

އެކަމުގެ ދަލީލުތަކަކީ އަންނަނިވި ރިވާޔަތްތަކެވެ.

عَنْ عَائِشَةَ رضي الله عنها قَالَتْ : كُنْت أَلْعَبُ بِالْبَنَاتِ عِنْدَ النَّبِيِّ صلى الله عليه وسلم وَكَانَ لِي صَوَاحِبُ يَلْعَبْنَ مَعِي , فَكَانَ رَسُولُ اللَّهِ صلى الله عليه وسلم إذَا دَخَلَ يَتَقَمَّعْنَ مِنْهُ , فَيُسَرِّبُهُنَّ إلَيَّ , فَيَلْعَبْنَ مَعِي – رواه البخاري برقم 5779 ، ومسلم برقم 2440

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙާޟިރުގައި، އަހަރެން ބުދުކޮއްކޮއާ ކުޅެއުޅުނީމެވެ. އަދި އަހަރެންނާއެކު ކުޅޭ އެކުވެރި އަންހެންކުދިންތައް ވެސް އާދެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެއަށް ވަދެވަޑައިގެންފިނަމަ، އެ ކުދިންތައް ފިލައެވެ. ދެން އަހަރެންނާއެކު ކުޅެން އެކަލޭގެފާނު އެކުދިން ފޮނުއްވައެވެ.”

وَأَخْرَجَ أَبُو دَاوُدَ وَالنَّسَائِيُّ مِنْ وَجْه آخَر عَنْ عَائِشَة قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مِنْ غَزْوَة تَبُوك أَوْ خَيْبَر ” فَذَكَرَ الْحَدِيث فِي هَتْكه السِّتْر الَّذِي نَصَبَتْهُ عَلَى بَابهَا قَالَتْ : ” فَكَشَفَ نَاحِيَة السِّتْر عَلَى بَنَات لِعَائِشَة لُعَب فَقَالَ : مَا هَذَا يَا عَائِشَة , قَالَتْ : بَنَاتِي . قَالَتْ : وَرَأَى فِيهَا فَرَسًا مَرْبُوطًا لَهُ جَنَاحَانِ فَقَالَ : مَا هَذَا ؟ قُلْت فَرَس . قَالَ فَرَس لَهُ جَنَاحَانِ ؟ قُلْت : أَلَمْ تَسْمَع أَنَّهُ كَانَ لِسُلَيْمَان خَيْل لَهَا أَجْنِحَة ؟ فَضَحِكَ ” انتهى مختصرا . [ والرواية التي ذكرها ابن حجر عند أبي داود برقم 22813 ، وصححها الألباني في غاية المرام 129 ]

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އަބޫދާއޫދު އަދި ނަސާއީ ރިވާކުރެއްވި އެހެން ރިވާޔަތެއްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައިން ނުވަތަ ޚައިބަރު ހަނގުރާމައިން ވަޑައިގެންނެވިއެވެ. އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާ ދޮރުކޮޅުގައި ދަމާފައިވާ ދޮރުފޮތިގަނޑު (އޭގައި ޙަރާމް ސޫރަ ހުރުމުގެ ސަބަބުން) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރާލެއްވި ޙަދީޘް ޛިކްރުކުރެއްވިއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ޢާއިޝާ ރަޟިޔަﷲ ޢަންހާ ކުޅެން ގެންގުޅުނު ބުދުތައް ފޮރުވުމަށްޓަކައި ދަމާފައިވާ ފޮތިގަނޑު ކަހާލެއްވުމަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” އޭ ޢާއިޝާ އެވެ! މިއީ ކޮންއެއްޗެއް ހެއްޔެވެ؟” އަހަރެން ދެންނެވީމެވެ: “އަޅުގަނޑު ކުޅެން ގެންގުޅޭ ބުދުތަކެވެ.” އަދި އެކަލޭގެފާނަށް އެ އެއެއްޗެހީގެ ތެރެއިން، ބާފޮތިން ހަދާފައިވާ ދެ ފިޔަ ލީ އަހެއް ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ: “މިއީ ކޮންއެއްޗެއް ހެއްޔެވެ؟” އަހަރެން ޖަވާބު ދިނީމެވެ. “އަހެކެވެ.” ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ދެފިޔަ ލީ އަސް ހުރޭ ހެއްޔެވެ؟” އަހަރެން ދެންނެވީމެވެ: ”ސުލައިމާނުގެފާނު އަތްޕުޅުގައި ދެ ފިޔަ ލީ އަހެއް އޮންނަ ވާހަކަ، ކަލޭގެފާނު އަޑުނާއްސަވަންތޯއެވެ؟” އެހިނދު އެކަލޭގެފާނު ހިނިވަރުނަ ކުރެއްވިއެވެ.”

އަލްމައުސޫޢަތުލް ފިގްހިއްޔާ ގައި އައިސްފައިވެއެވެ. “އަށްވަނައީ: ތުއްތު ކުދިންނަށް އުނގަންނައި ދިނުން ފަދަ އެކަމެއްގައި މަޞްލަޙަތެއް އެކުލެވިފައިވާ ކަންކަމުގައި ޞޫރަ ކުރެހުމަކީ ޢިލްމުވެރިން މަނާ ކުރައްވާ ކަންތައްތަކެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި ތުއްތު ކުދިން ކުޅުމަށް ތައްޔާރު ކޮށްފައި ހުންނަ ބުދު ތަކަކީ ޢިލްމުވެރިން އިސްތިޘްނާ ކުރައްވާފައިވާ ތަކެއްޗެވެ. އެއީ އަންހެން ކުދިން ދަރިން ތަރްބިއްޔަތު ކުރުވުމަށް އާދަ ކުރުވުމުގެ ބޭނުމުގައެވެ.” ( الموسوعة الفقهية – مادة تصوير ).

ކުޑަކުދީން ކުޅެން ގެންގުޅޭ ބުދު އިސްތިޘްނާވަނީ ކީއްވެ؟

ބުދު ޙަރާމް ކުރެއްވުމުގެ ޙިކުމަކީ ﷲ އެއްކައުވަންތަކަމުގެ ޢަޤީދާ ޙިމާޔަތްކުރުމެވެ. ސޫރަ ހަދައިގެން އެއަށް މާތްކޮށްހިތައި އަޅުކަންކޮށް ހެދުމާއި، ބުދަށް އަޅުކަންކުރާ ކާފިރުންނާ އަހަރެމެން މުސްލިމުން އެއްގޮތްވުމުން ދުރުހެލިވުމެވެ. ކުޑަކުދިން ކުޅެން ގެންގުޅޭ ބުދަކީ މަޖާކުރުމަށް ގެންގުޅޭ އެއްޗިއްސެވެ. އެއްވެސް ޙާލެއްގައި މާތްކޮށް ހިތާ އެއްޗިއްސެއް ނޫނެވެ. އަދި އެއީ އިހާނާތްތެރިކޮށް ހިތޭ އެއްޗިއްސެވެ. އަދި ކުޑަކުދީންގެ އެ ޢުމުރަކީ އެކުދީން އެންމެ ބޮޑަށް ކުޅޭ ހިތްވާ ޢުމުރެވެ. އަޅުކަންކުރުމުގެ ތަކްލީފު ޖެހިގެންނުވާ ޢުމުރެވެ. ވީމާ، އެކުދީން އެންމެ ގަޔާވާ ކަންކަން ކަމުގައިވާ ކުޅެ މަޖާކޮށް އުޅުން އެއީ އެކުދީންނަށް ނަފްސާނީގޮތުންވެސް ނުހަނު އުފާވެރިކަން ގެނެސްދޭކަންކަމަށް ވާތީ އެކަން އިސްތިސްނާ ވީއެވެ. (ބައްލަވާ الموسوعة الفقهية – مادة تصوير)

 

 

މަރްޖިޢުތައް

https://islamqa.info/ar/answers/9473

فتاوى العقيدة للشيخ ابن عثيمين ص661-663-679.

https://islamqa.info/ar/answers/20325

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add