Advertisement
BML Home 2nd Ad

މޭކަޕުކޮށްގެންހުރެ ކުރާ ވުޟޫ ޞައްޙަ ވާނެތަ؟

ދޮންނަން ޖެހޭ ގުނަވަންތަކުގައި ފެންޖެހުން މަނާކުރާ ހުރިހާ އެއްޗެއް ފިލުވާލުމަކީ ވުޟޫ ޞައްޙަވުމަށްޓަކައި ޝަރުޠުވެގެންވާ ކަމެކެވެ. މިސާލަކަށް ނިޔަފަތި ޕޮލިޝްކުރާ އެއްޗިހި، މޭކަޕް، ފައުންޑޭޝަން، އުށްބައްތީގެ އުށް އަދި ބޭސް މަލަންވެސް މީގެ ތެރޭގައި ހިމެނެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ވުޟޫކުރާއިރު ދޮންނަން ޖެހޭ ގުނަވަންތަކުގައި ތެރެއިން ގުނަވަނެއްގައި، ހަންގަނޑަށް ފެން ވާޞިލުވުން މަނާކުރާ އެއްވެސް އެއްޗެއް ހާކާފައިވާނަމަ، އެ އެއްޗެއް ނުފިލުވާ ކުރާ ވުޟޫ ޞައްޙައެއް ނުވާނެއެވެ. އެހެނީ ވުޟޫކުރާއިރު ދޮންނަން ޖެހޭ ގުނަވަނެއްގެ ކުޑަ ތަންކޮޅެއްގައިވެސް ފެން ނުޖެހޭނަމަ ވުޟޫ ޞައްޙައެއް ނުވާނެއެވެ.

عن عمر بن الخطاب رضي الله عنه قال : ( أَنَّ رَجُلًا تَوَضَّأَ فَتَرَكَ مَوْضِعَ ظُفُرٍ عَلَى قَدَمِهِ فَأَبْصَرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : ارْجِعْ فَأَحْسِنْ وُضُوءَكَ ، فَرَجَعَ ثُمَّ صَلَّى ) . روى مسلم (243)
ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “މީހަކު ވުޟޫކުރި އިރު އޭނާގެ ފައިގައި ނިޔަފައްޗެއްގެ މިންވަރުގެ ތަންކޮޅެއް ފެން ނުޖެހި އިނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. “އެނބުރިދާށެވެ! ތިބާގެ ވުޟޫ ރަނގަޅުކުރާށެވެ!” އޭގެ ފަހުގައި އެމީހާ އެނބުރި އަތުވެއްޖެއެވެ. އަދި ނަމާދުކޮށްފިއެވެ.”

ޞަޙީޙު މުސްލިމްގެ ޝަރަޙާގައި އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދޮވުން ވާޖިބުވާ ގުނަވަންތަކުގެ ތެރެއިން ގުނަވަނެއްގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ނުދޮވެ ދޫކޮށްލުމުން ވުޟޫ ޞައްޙަ ނުވާނޭ ކަމުގެ މައްޗަށް މި ޙަދީޘުން ދަލީލުކުރެއެވެ. އަދި ނޭނގިނަމަވެސް އެފަދަ ތަންކޮޅެއް ދޫކުރެވިއްޖެ މީހެއްގެ ވުޟޫވެސް ޞައްޙަ ނުވާނޭކަން މި ޙަދީޘުން ދަލާލަތު ކުރެއެވެ.” ” انتهى من “شرح مسلم” .

ވީމާ، މި ޒަމާނުގައި މި ބޭނުންކުރާ މޭކަޕު، ލިޕްސްޓިކް ފަދަ ތަކެތި ބޭނުންކޮށްގެން ހުރެ، ވުޟޫ ކުރަންޖެހިއްޖެނަމަ އެ ތަކެތި ފިލުވާލަން ވާނެއެވެ. އެއީ އޭގެ ތެރެއިން ބައެއް އެއްޗިއްސަކީ ވުޟޫ ކުރާއިރު ހަންގަޑާ ހިސާބަށް ފެން ވާޞިލުވުން މަނާކުރާ އެއްޗެހިކަމަށްވާތީއެވެ. އަދި ހަންގަނޑާ ހަމައަށް ފެން ވާޞިލުވާނަމަ އެތަކެތީގެ ކުލަ ނުވަތަ ތެޔޮކަން ކޮންމެވެސް ވަރަކަށް ހުއްޓަސް ވުޟޫ ޞައްޙަވާނެއެވެ.

 

ރިފަރެންސް
https://islamqa.info/ar/answers/144695

https://islamqa.info/ar/answers/81685

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add