Advertisement
BML Home 2nd Ad

ފަރްޟު ނަމާދު ކުރެވެނުކަމާ މެދު ޝައްކުވެއްޖެ ނަމަ ހަދާނީ ކިހިނެއް؟

ފަރްޟު ނަމާދެއް ކުރެވުނުތޯ ނުވަތަ ނުކުރެވޭތޯ ޝައްކު އުފެދިއްޖެމީހާ ޢަމަލު ކުރަންޖެހޭނީ ކޮން ގޮތަކަށްތޯ ސުވާލު ކުރެވުމުން، ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ފަރްޟު ނަމާދެއް ކުރެވުނުތޯ ނުވަތަ ނުކުރެވޭތޯ ޝައްކު އުފެދިއްޖެމީހާ، ފަހެ އޭނާގެ މައްޗަށްވަނީ އެ ނަމާދު އަދާކުރުމެވެ. އެހެނީ އަޞްލަކީ ވާޖިބު ދެމިއޮތުމެވެ. އެހެންކަމުން އޭނާގެ މައްޗަށްވަނީ އެ ނަމާދު އަދާކުރުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا لَا كَفَّارَةَ لَهَا إِلَّا ذَلِكَ) رواه البخاري (562)، ومسلم (1103).

މާނައީ: “ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދު ކުރާށެވެ. އެއަށް އެނޫން ކައްފާރާއެއް ނުވެއެވެ.”

(ޝައިޚް ބިން ބާޒްގެ ފަތުވާ ނިމުނީ)

ފަރްޟު ނަމާދު ކުރެވުނުތޯ ނުވަތަ ނުކުރެވޭތޯ ޝައްކު އުފެދިއްޖެނަމަ، އެ ޝައްކު ފިލުވާލަން ޖެހޭނެއެވެ. އެ ޝައްކު ފިލުވައިނުލެވޭހާ ހިނދަކު އޭނާގެ ޛިންމާގައި އެ ނަމާދު އިންނާނެއެވެ. ޛިންމާއިން ބަރީއަވާނީ އެ ނަމާދު ކުރީމައެވެ.

އެކަމަކު ޝައްކުވާ މީހާއަކީ ވަސްވާހުގެ އުނދަގޫވާ މީހެއްނަމަ، އެކަމާ އޭނާ އަޅާލާކަށް ނުޖެހޭނެއެވެ. ނަމާދު ކޮށްފައިވާކަމަށް ބޮޑަށް ބުރަވެވޭ ޙާލަތުގައި ޝައްކުވިޔަސް އެ ޝައްކާމެދު ވިސްނާކަށް ނުޖެހޭނެއެވެ. އެފަދަ ޙާލަތެއްގައި އެ ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.

ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވާގޮތުގައި، އިންސާނާ 3 ޙާލަތެއްގައި އެއްވެސް ގޮތަކަށް ޝައްކަށް ބަލާކަށް ނުޖެހޭނެއެވެ.

1- އެއްވެސް ޙަޤީޤަތެއް ނެތް ވަހުމެއް ހިތަށް ވަނުން- މިއީވެސް އަޅާނުލާ ދޫކޮށްލަންޖެހޭ އެއްޗެކެވެ.

2- ޝައްކު ގިނަވާ ޙާލަތު- މިސާލަށް، ވުޟޫކުރާ ކޮންމެ ފަހަރަކު ޝައްކުވުން، ނަމާދު ކުރާ ކޮންމެ ފަހަރަކު ޝައްކުވުން- ކަމެއް ކުރާ ކޮންމެ ފަހަރަކު ޝައްކުވުން- މިފަދަ މީހާ ޝައްކަށް ބަލާކަށް ނުޖެހޭނެއެވެ.

3- އަޅުކަން ނިމޭ ފަހުން ޝައްކުވުން- އަޅުކަމެއް ނިމޭފަހުން ޝައްކުވެއްޖެނަމަ، އެކަން ޔަޤީން ނުވާހާ ހިނދަކު އެ ޝައްކާމެދު އަޅާލާކަށް ނުޖެހޭނެއެވެ.

مجموع فتاوى ورسائل العثيمين ” (14 / 90).

 

މަރްޖިޢުތައް

https://islamqa.info/ar/answers/224134

https://binbaz.org.sa/fatwas/4196

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add