Advertisement
BML Home 2nd Ad
ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސުންނަތް ނަމާދު ކުރަނިކޮށް ޤަމަތް ދީފިނަމަ ހަދާނީ ކިހިނެއްތޯ؟

ސުންނަތް ނަމާދު ކުރަނިކޮށް ޤަމަތް ދީފިނަމަ، ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

إِذَا أُقِيمَتِ الصَّلَاةُ فَلَا صَلَاةَ إِلَّا الْمَكْتُوبَةُ–. روى مسلم (710)

“ނަމާދަށް ޤަމަތް ދެވިއްޖެނަމަ ފަރުޟު ނަމާދު ފިޔަވައި އެހެން ނަމާދެއް ނުވެއެވެ.” (އެހެން ނަމާދެއް ކުރުމެއް ނެތެވެ.)

ޤަމަތް ދީފައިވަނިކޮށް، ސުންނަތް ނަމާދުކުރަން ނުފެށޭނެ ކަމަށް މި ޙަދީޘުން ދަލާލަތުކުރެއެވެ.

އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ނަމާދަށް ޤަމަތް ދެވިއްޖެނަމަ، ފަރްޟު ނަމާދުން އޭނާ އެއްކިބާކޮށްގެން ނުވާނެއެވެ. އެއީ ފަރްޟުނަމާދުން ފުރަތަމަ ރަކްޢަތް ފާއިތުވެދާނޭކަމަށް ބިރުގަތް ކަމުގައިވިޔަސް ނުވަތަ އެކަމުގެ މައްޗަށް ބިރު ނުގަތްކަމުގައިވިޔަސް މެއެވެ. މިފަދައިން ވިދާޅުވާ ބޭކަލުންގެ ތެރޭގައި އަބޫހުރައިރާ، އިބްނު ޢުމަރު، ޢުރުވާ އިބްނު ސީރީން، ސަޢީދު ބިން ޖުބައިރު، އިމާމު ޝާފިޢީ، އިސްޙާޤު، އަދި އަބޫ ޘައުރު ހިމެނެއެވެ.” “المغني” (1/272) .

އަދި މަތީގައިވާ ޙަދިޘުން ދަލީލު ނަންގަވައި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ސުންނަތް ނަމާދެއް ކުރަން ހުއްޓާ ޤަމަތްދީފިނަމަ، އޭނާ އެ ހިސާބުން އެ ނަމާދު ހުއްޓާލަން ޖެހޭނެއެވެ

އަލް ޙާފިޡުލް ޢިރާޤީ ވިދާޅުވެފައިވެއެވެ. “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު فَلَا صَلَاةَ – “ނަމާދެއް ނުވެއެވެ” އެއިން ނެގޭ މާނައަކީ ޤަމަތް ދީފިނަމަ އެހެން ނަމާދެއް ކުރަން ފެށުމެއް ނެތް ކަމެވެ. އަދި ހަމައެގޮތަށް ޤަމަތް ދިނުމުގެ ކުރިން އެހެން (ސުންނަތް) ނަމާދެއް ކުރަން ފަށާފައި ވިކަމުގައި ވިޔަސް، އެނަމާދާއިގެން މަޝްޣޫލުވުމެއް ނެތްކަމެވެ. އަދި ކިއެއް ހެއްޔެވެ. އޭނާއަށްވަނީ ތަކްބީރަތުލް އިޙްރާމްގެ މަތިވެރިކަން ލިބިގަތުމަށްޓަކައި އެނަމާދު މެދުކަނޑާލުމެވެ. އަދި އޭނާ އެސުންނަތް ނަމާދު މެދު ކަނޑައިނުލި ނަމަވެސް އެނަމާދު އޭގެ ޛާތުގައި ބާޠިލް ވެގެންދާނެއެވެ” [كلام العراقي نقله الشوكاني في نيل الأوطار 3/91 ].

މިމައްސަލާގައި ޝެއިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފަރުޟު ނަމާދަށް ޤަމަތް ދެވުނު އިރު ތިބާވަނީ ދެވަނަ ރަކްޢަތުގައިނަމަ ލުއިކޮށް އެސުންނަތް ނަމާދު ފުރިހަމަ ކޮށްލާނީއެވެ. އެހެނެއްކަމަކު ތިބާވަނީ ފުރަތަމަ ރަކްޢަތުގައިނަމަ އެނަމާދު ހުއްޓާލާނީއެވެ.” (ޝަރްޙުލް މުމްތިޢު: 4/238).

މިގޮތަށް، ފަރްޟު ނަމާދާ ގުޅުމަށްޓަކައި ސުންނަތް ނަމާދު ހުއްޓާލާއިރު، ބައެއް މީހުން ނަމާދަށް ހުރެފައި ދެ ފަރާތަށް ސަލާމްދީފައި ދެއެވެ. އެގޮތަށް ސަލާންދޭކަށް ނުޖެހޭނެއެވެ. ހަމަ ނަމާދު ހުއްޓާލާފައި ދިޔައީމަ ނިމުނީއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނެވެ. “ނަމާދަށް ޤަމަތް ދެވުނު އިރު މީހަކު ސުންނަތް ދެ ރަކްޢަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދު ކުރަން ހުރިނަމަ، އޭނާ ފަރްޟު ނަމާދު ކުރުމަށްޓަކައި އެ ސުންނަތް ނަމާދު ހުއްޓާލާނީތޯއެވެ؟ އަދި ޖަވާބަކީ އާއެކޭ ނަމަ، އެގޮތަށް ނަމާދު ހުއްޓާލާއިރު ހުއްޓާލާނީ، ދެ ސަލާމްވެސް ދީފައި ހެއްޔެވެ ނުވަތަ ސަލާމް ނުދީ ހެއްޔެވެ؟”

ޖަވާބުގައިވެއެވެ.

“ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަހުގައި، އޭނާ އެ ނަމާދު ހުއްޓާލާނީއެވެ. އެކަމުގައި އޭނާ ނަމާދު ހުއްޓާލުމަށް ކޮންމެހެން ސަލާމްދޭކަށް ނުޖެހޭނެއެވެ. އަދި އޭނާ އިމާމާއާ ގުޅޭނީއެވެ.” فتاوى اللجنة الدائمة (7/312)

ޚުލާޞާ:

ސުންނަތް ނަމާދަށް ހުއްޓައި ޤަމަތް ދީފިނަމަ،

ފުރަތަމަ ރަކްޢަތް ލިބޭނެކަމުގެ ޔަޤީންކަން އޮތް ޙިސާބަކަށް ނަމާދު ފޯރާފައިވާނަމަ ލުއިކޮށް ނަމާދު ނިންމާލާނީއެވެ. މިސާލަކަށް އައްތަޙިއްޔާތަށް އިށީންނަނިކޮށް ޤަމަތްދޭން ފެށުން.

އިމާމާއި އެކީ ފުރަތަމަ ރަކްޢަތް ލިބޭނެކަމުގެ ޔަޤީންކަން ނެތްނަމަ ނަމާދު ހުއްޓާލާފައި ފަރްޟު ނަމާދުގެ ޖަމާޢަތާ ގުޅޭނީއެވެ.

މަރްޖިޢު

https://islamqa.info/ar/answers/33582

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add