Advertisement
BML Home 2nd Ad
ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރުކޫޢުން ތެދުވަމުން ސަމިޢަﷲ ލިމަން ޙަމިދަހްގެ ބަދަލުގައި ﷲ އަކްބަރު ކިޔިއްޖެނަމަ..

އެންމެ ފުރަތަމަ ކަމަކަށް ވެސް، ރުކޫޢުން ތެދުވަމުން “سَمِعَ اللَّهُ لِمَنْ حَمِدَهُ،” ކިޔުމީ ނަމާދު ގެ ވާޖިބުތަކުގެ ތެރެއިން ވާ ވާޖިބެކެވެ.

Advertisement
Etukuri Inside ad 300x300 Desktop

ދެވަނައަށް، އެކަން އެނގުމާއި އެކު، ފަހެ ނަމާދުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެއް، އޭގެތެރެއިން “سَمِعَ اللَّهُ لِمَنْ حَمِدَهُ،” ކިޔުން ވެސް ހިމެނޭހެން، ދޫކޮށްފި މީހާ އެއީ އޭނާ ޤަޞްދުގައި ކަމުގައި ނުވާހާ ހިނދަކު އޭނާގެ ނަމާދު ބާޠިލެއް ނުވާ ހުއްޓެވެ. އެއީ އޭނާ ހަނދާން ނެތިގެން ނޫނީ ނޭނގިގެން ކަމުގައި ވާނަމަ އޭނާ އާއި އޭނާގެ ފަހަތު ނަމާދު ކުރި މީހުންގެ ނަމާދު ވެސް ޞައްޙަ ވާހުށްޓެވެ. އެހެނަސް ދިގު މުއްދަތެއް ފާއިތު ނުވެ އެކަން ހަނދާންވެއްޖެނަމަ ނޫނީ އެކަމުގެ ޙުކުމް އެނގިއްޖެ ޙާލަތުގައި އޭނާ ކުށު ސަޖިދަ ޖަހަން ޖެހޭނެއެވެ. އަދި ދިގު މުއްދަތެއް ފާއިތު ވެއްޖެ ނަމަ ކުށު ސަޖިދަ ޖެހުމެއް ނުވެއެވެ. އެހެނީ އޭގެ މުނާސަބު ވަޤުތު ފާއިތުވެފައި ވުމުންނެވެ.

ދަޤާއިޤު އައުލައްނުހާ ގައި އައިސްފައިވެއެވެ. (1/219)

“ނަމާދުގެ ވާޖިބެއް ނޭނގިގެން ދޫވެއްޖެ މީހާ އޭނާއަށް އެއީ ވާޖިބެއްކަން ޢިލްމުވެރިއެއްގެ ފަރާތުން ނަމަވެސް އެނގިފައި ނުވާނަމަ އޭނާ ވަނީ ހަނދާން ނެތިގެން އެކަން ކުރެވުނު މީހާ އާއި އެއްދަރަޖައެއްގައެވެ. ފަހެ އޭނާ ވެސް، އެކަން އެނގުމާއެކު ވަޤުތު ފާއިތުވުމުގެ ކުރިން ކުށު ސަޖިދަ ޖަހާ ހުށިކަމެވެ. ވަޤުތު ފާއިތު ވެފައިވާނަމަ ކުށު ސަޖިދަ ޖެހުމެއް ނުވެއެވެ. އަދި އޭނާގެ ނަމާދު ޞައްޙަވާނެއެވެ.”

އަދި އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހު ﷲ އާއި ސުވާލު ވެވުނެވެ.

“سَمِعَ اللَّهُ لِمَنْ حَمِدَهُ،” ގެ ބަދަލުގައި “ﷲ أَكْبَرُ” ނޫނީ އޭގެ އިދިކޮޅަށް އިމާމު މީހާ ނޫނީ މައުމޫމުންނަށް ކިޔިއްޖެނަމަ، ކަންތައް ކުރާނެ ގޮތަކީ ކޮބައިތޯއެވެ؟”

ޝައިޚް ޖަވާބު ދެއްވި އެވެ.

“އޭނާ އެކަން ޤަޞްދުގައި ކުރުން ހުއްދަ ވެގެނެއް ނުވެއެވެ. އެހެނެއްކަމަކު ނަމާދު ކުރާ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވި ފަދައިން ނަމާދު ކުރުމެވެ. އެހެނީ ތަކްބީރު އޭގެ މަޙައްލުގައި ކިޔުމެވެ. އަދި “سَمِعَ اللَّهُ لِمَنْ حَمِدَهُ،” ވެސް އޭގެ މަޙައްލުގައި ކިޔުމެވެ. އަދި “رَبَّنَا وَلَكَ الْحَمْدُ” ވެސް އޭގެ މަޙައްލުގައި ކިޔުމެވެ. ފަހެ އެގޮތާއި ހަނދާން ނެތިގެން ޚިލާފުވެއްޖެ މީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. އަދި އޭނާގެ މައްޗަށް ވަނީ ކުށު ސަޖިދަ ޖެހުމެވެ. އެއީ އިމާމު މީހާ ނޫނީ އެކަނި ނަމާދު ކުރާ މީހެއް ކަމުގައި ވީނަމަވެސްމެއެވެ.”

-މަޖްމޫޢުލް ފަތާވާ (29/286)-

ނަމާދުގައި އެ ޙަރަކާތުން އަނެއް ޙަރަކާތަށް ނަޤުލުވާއިރު ކިޔާ ތަކްބީރު ހަނދާންނެތިގެން ނުކިޔި ނަޤްލުވެވިއްޖެނަމަ، ނުވަތަ އޭގެ ބަދަލުގައި އެހެން އެއްޗެއް ކިޔިއްޖެނަމަ، އެކަން ނަމާދުގައި ހަނދާންވުމުން ކުށު ސަޖިދަ ޖަހާނީއެވެ. ސަލާމް ދިނުމުގެ ކުރީން ކުށު ސަޖިދައިގެ ދެ ސަޖިދައެވެ.

ޤާއިދާގައިވަނީ ނަމާދުގައި ވާޖިބެއް ހަނދާން ނެތިއްޖެމީހާ، ކިޔަންޖެހޭ މަޤާމު ނޫން އެހެން މަޤާމެއްގައި މަޝްރޫޢުވެފައިވާ އެހެން ކަލިމައެއް ކިޔައިފިމީހާ މިސާލަކަށް ﷲ އަކްބަރު ކިޔައިފިމީހާ، ކުށު ޖެހުމުން ފުދޭނެއެވެ.

ޚުލާޞާ: ސަމިޢަﷲ ލިމަން ޙަމިދަހް ގެ ބަދަލުގައި ﷲ އަކްބަރު ކިޔިއްޖެނަމަ، ސަލާމްދިނުމުގެ ކުރީން ކުށުސަޖިދަ ކުރުމުން ފުދޭނެއެވެ.

މަރްޖިޢު

https://islamqa.info/ar/answers/134329

https://islamqa.info/ar/answers/115115

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add