Advertisement
BML Home 2nd Ad

ޖުނުބުވެރިޙާލުގައި ނިދުން

ޖުނުބުވެރި ވުމަކީ މަނިބޭރުވުމުގެ ސަބަބުން ނުވަތަ ޖިމާޢުވުމުގެ ސަބަބުން ހަށިގަނޑަށް ނުތާހިރުކަމެއް އައުމެވެ. ޖުނުބުވެރިވާހުށީ ދެގޮތަކަށެވެ. އެއްގޮތަކީ ހޭލާހުއްޓާ ނުވަތަ ނިދާފައިއޮއްވާ (ޖިންސީ އެދުންވެރިކަމާއެކު) މަނި ބޭރުވުމެވެ. އަނެއްގޮތަކީ މަނި ބޭރުނުވިކަމުގައި ވިޔަސް ދެ ޚިތާނު ބައްދަލުވުމެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޖުނުބުގެ ޙާލަތުގައި ކުރުން ޙަރާމް ކަންތައްތައް
1- ނަމާދުކުރުން
2- ޠަވާފުކުރުން
3- މުޞްޙަފުގައި ބީހުން
4- ޤުރުއާން ކިޔެވުން
5- މިސްކިތުގައި މަޑުކުރުން

މިކަންކަން ފިޔަވައި އެހެނިހެން ކަންކަން ކުރުން ހުއްދަވެގެންވެއެވެ. އެގޮތުން ޖުނުބުވެރި ޙާލުގައި ކެޔުމާއި ބުއިމާއި ނިދުމުގެ ކުރިން ކިޔާ ޛިކްރުތައް (ޤުރުއާނުގެ އާޔަތްތައް ނުހިމެނޭ ޛިކްރުތައް) ކިޔުންވެސް ހުއްދައެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވިއެވެ. ( كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ الله َعَلَى كُلِّ أَحْيَانِهِ ) رواه مسلم /الحيض 558 މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުރިހާ ވަގުތެއްގައިވެސް ﷲ އަށް ޛިކްރުކުރައްވާ ކަމުގައި ވިއެވެ.” (ބައްލަވާ الشرح الممتع لابن عثيمين 1/288 , توضيح الأحكام للبسام 1/250 , فتاوى إسلامية 1/232.)

ޖުނުބުވެރި ޙާލުގައި ނިދުމަކީވެސް ހުއްދަކަމެކެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنَامُ وَهُوَ جُنُبٌ وَلا يَمَسُّ مَاءً . {رواه الترمذي (110)صححه الألباني في صحيح الترمذي (103) .} “ފެނުގައި ބީހުމެއްނެތި (ވުޟޫ އަދި ހިނައިގަތުމަކާއި ނުލައި) ޖުނުބުވެރި ޙާލުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުލައްޕަވާކަމުގައި ވިއެވެ.”
عن عائشة رضي الله عنها أنها سُئلت : كَيْفَ كَانَ يَصْنَعُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْجَنَابَةِ أَكَانَ يَغْتَسِلُ قَبْلَ أَنْ يَنَامَ أَمْ يَنَامُ قَبْلَ أَنْ يَغْتَسِلَ ؟ قَالَتْ : كُلُّ ذَلِكَ قَدْ كَانَ يَفْعَلُ ، رُبَّمَا اغْتَسَلَ فَنَامَ ، وَرُبَّمَا تَوَضَّأَ فَنَامَ . {رواه مسلم (465) .} ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލުކުރެވުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުވެރި ޙާލަތުގައި ކަންތައް ކުރައްވާ ކަމުގައިވަނީ ކޮންގޮތަކަށްތޯއެވެ؟ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ހިނައިގަންނަވާތޯއެވެ؟ ނުވަތަ ހިނައިގަތުމުގެ ކުރިން އަވަހާރަފުޅުލައްޕަވާތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން އެ ހުރިހާ ގޮތަކަށްވެސް އެކަލޭގެފާނު ކަންތައް ކުރައްވާކަމުގައި ވެއެވެ. ބައެއްފަހަރު ހިނައިގަތުމަށްފަހު އަވަހާރަފުޅުލައްޕަވައެވެ. އަދި އަނެއްބައިފަހަރު ވުޟޫކުރެއްވުމަށްފަހު އަވަހާރަފުޅުލައްޕަވައެވެ.”

އަދި ޖުނުބުވެރި ޙާލުގައި ނިދާނަމަ ނިދުމުގެ ކުރިން ވުޟޫކޮށްލުން މުސްތަޙައްބު ވެގެންވެއެވެ.
އުއްމުލް މުއުމިނީން ޢައިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ((قَالَتْ: كَانَ رَسُوْلُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ [يَأْكُلَ أَوْ ] يَنَامَ وَهُوَ جُنُبٌ غَسَلَ فَرْجَهُ وَتَوَضَّأَ وُضُوْءَهُ لِلصَّلَاةِ)) މާނައީ: “އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުވެރި ޙާލުގައި ހުންނަވަނިކޮށް، ކޭންބެއްލެވުމަށް ނުވަތަ އަވަހާރަފުޅުލެއްޕެވުމަށް ބޭނުންފުޅުވެވަޑައިގެންފިނަމަ، އެކަލޭގެފާނުގެ ޢައުރަ ގުނަވަން ދޮންނަވައެވެ. އަދި ނަމާދަށް ވުޟޫކުރައްވާފަދައިން ވުޟޫކުރައްވައެވެ.”
سأل عمر النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَيَنَامُ أَحَدُنَا وَهُوَ جُنُبٌ ؟ قَالَ : نَعَمْ ، إِذَا تَوَضَّأَ .{ رواه البخاري (280) ومسلم (462).} ޢުމަރު ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެއްވިއެވެ. “އަހަރެމެންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދުން ރަނގަޅުވާނެތޯއެވެ؟ ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. އޭނާ ބޭނުންނަމަ ވުޟޫކޮށްލައިގެންނެވެ.”

 

މަރްޖިޢުތައް
الشرح الممتع لابن عثيمين 1/288 ,
توضيح الأحكام للبسام 1/250 ,
فتاوى إسلامية 1/232.
https://islamqa.info/ar/answers/3963
https://islamqa.info/ar/answers/30784

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add