Advertisement
BML Home 2nd Ad

ޞަފާ އަދި މަރުވާއަށް އެރުމާއި، އެދެތަނުގައި ދުޢާކުރުމާއި، ދެފެހިލައިޓުގެ ދެމެދުގައި ދުވުމާއި، މިކަންކަމުގެ ތެރޭގައި ހެދޭ ގޯސްތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފާ ފަރުބަދައާ ކައިރިވެވަޑައިގަތުމުން {إِنَّ الصَّفَا وَالْـمَرْوَةَ مِنْ شَعَائِرِ اللهِ}މިފަދައިން ވިދާޅުވިކަމަށް ޘާބިތުވެފައިވެއެވެ. އޭގެފަހުގައި ކަޢުބާ ފެނިއްޖައުމަށް ދަންދެން ފަރުބަދައަށް އަރައިވަޑައިގެން ކަޢުބާއަށް ކުރިމަތިލައްވައި ދެއަތް އުފުއްލަވައި ﷲ އަށް ޙަމްދުކުރައްވާ އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގަތް ދުޢާއެއް ވިދާޅުވިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އަދި މިފަދައިން ވިދާޅުވެއެވެ. (( لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيءٍ قَدِيْرُ ، لَا إِلَهَ إِلَّا اللهُ وَحْدَهُ ، أَنْجَزَ وَعْدَهُ ، وَنَصَرَ عَبْدَهُ ، وَهَزَمَ الأَحْزَابَ وَحْدَهُ ))އޭގެފަހުގައި ދުޢާކުރެއްވިއެވެ. އަދި މި ގޮތަށް ތިންފަހަރު ވިދާޅުވިއެވެ. އޭގެފަހުގައި ހިންގަވާފައި ފައިބާވަޑައިގެން އެކަލޭގެފާނުގެ ފައިންޕުޅު ވާދީގައި އިސްތިޤްރާރުވެވަޑައިގަތުމުން ދުވެވަޑައިގަތެވެ. (އެއީ މިހާރުގެ ދެފެހި ލައިޓުގެ ދެމެދެވެ.) އެ ސަރަޙައްދު ފަހަނަޅައި ދިޔުމުން ހިންގަވާފައި މަރުވާ ފަރުބަދައާ ދިމާއަށް ވަޑައިގަންނަވައެވެ. އަދި ޞަފާ ފަރުބަދައިގައި ކަންތައްކުރެއްވި ގޮތަށް މަރުވާ ފަރުބަދައިގައިވެސް ކަންތައްކުރެއްވިއެވެ.

ސަޢުޔުކުރާ ބައެއްމީހުން ހަދާ ގޯސްތަކުގެ ތެރޭގައި ޞަފާ ފަރުބަދައަށް އަދި މަރުވާ ފަރުބަދައަށް އަރައިފިނަމަ ޤިބުލައަށް ކުރިމަތިލައި ތިންފަހަރު ތަކުބީރުކިޔައި އަތުން ކަޢުބާއާ ދިމާއަށް އިޝާރާތްކޮށް އެދިމާއަށް ބޯތިރިކޮށް، ނަމާދުގައި ހަދާގޮތަށް ހަދައި، އޭގެ ފަހުގައި ފަރުބަދައިން ފޭބުން ހިމެނެއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ގޮތާ ޚިލާފުގޮތެކެވެ. ޞަފާ މަރުވާގައި ސަޢުޔުކުރާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ގޮތަށް، ދުޢާކުރުން މެނުވީ އެހެން ކަމެއް އެތަނުގައި ކުރުމެއް ނުވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުރައްވާ ކަމެއް، އަލަށް ގެންނާނެކަމެއް ނެތެވެ.

ސަޢުޔުކުރާ ބައެއްމީހުންނަށް ހެދޭ ގޯސްތަކުގެ ތެރޭގައި ޞަފާ އާއި މަރުވާއާ ދެމެދުގައި ހުރިހާ ހިސާބެއްގައި ބާރަށް ހިނގުން ނުވަތަ ދުވުން ހިމެނެއެވެ. މިއީ ސުންނަތާ ޚިލާފު ގޮތެކެވެ. ދުވުން ވަނީ ހަމައެކަނި ދެފެހިލައިޓުގެ ދެމެދުގައެވެ.

އެހެން ހިސާބުތަކުގައި ހިނގާނީއެވެ. އެގޮތަށް ކަންތައްކުރާ ގިނަ މީހުން ކަންތައްކުރަނީ އެބައިމީހުންނަށް އެކަން ނޭނގިތިބެގެންނެވެ. ނުވަތަ އަވަހަށް ސަޢުޔުކޮށް ނިންމުމުގެ ބޭނުމުގައެވެ. والله الـمستعان

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ: محمد شافع بن عبد الغفور

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add