ލަވަޔާއި މިއުޒިކާ ދުރަށް ގޮސްފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އީދުމަދަހައެއް ނެރެފި އެވެ.
ލަވަކިޔުން ހުއްޓާލުމަށްފަހު ދީނީ ހަރަކާތްތަށް ހިންގުމުގައި ސަލަފު ޖަމްއިއްޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު "މަންފާ" ގެ ނަމުގައި އައު ޖަމްއިއްޔާއެއް އުފައްދަވައި ދީނާއި ކުޅިވަރު ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން "ޢީދު މުބާރަކު" ނަމުގައި އެ ޖަމްއިއްޔާއިން ވަނީ އަލީރަމީޒުގެ އަޑުން ކިޔާފައިވާ މަދަހައެއް ނެރެފައެވެ.
ލަވަކިޔުން ހުއްޓާލުމަށްފަހު މީގެ 13 އަހަރުކުރިންވެސް އަލީ ރަމީޒް ވަނީ "ތަޙާނީ" ގެ ނަމުގައި ޢީދު މަދަޙަތަކެއް ނެރެފަ އެވެ.




