ދިވެހި ފުލުހުންގެ ޙިދުމަތުގެ ތަރުޖަމާނުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށް، އެ މަގާމަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ.
ފުލުހުންގެ އިދާރާ ހިންގުން ހަރުދަނާ ކުރުމަށް ފުލުސް އޮފީހުގެ އޮނިގަނޑަށްވެސް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ފުލުހުންގެ ތަރުޖަމާނު ކަމުގެ މަގާމުން އޭސީޕީ ޝިފާން ވަކިކޮސް އެމަގާމު ހަވާލުކޮށްފައިވާ ސްޕްރީންޑެންޓެންޓް އޮފް ޕޮލިސް އަރީފް އަކީ ފުލުސް އޮފީހުގެ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވަމުންގެންދެވި އޮފިސަރެކެވެ.
އަދި މީގެ ކުރިން ސްޕްރީންޑެންޓެންޓް އޮފް ޕޮލިސް އަރީފް ވަނީ ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.