ބ. ދަރަވަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ބ އަތޮޅު ދަރަވަންދޫގައި ޕާސްޕޯޓްގެ ޙިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށާއި، ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި އޭދަފުށި ނުވަތަ ދަރަވަންދޫ ޚިޔާރުކުރެެވޭނެ ކަމަށެވެ.
ބ.ދަރަވަންދޫގައި މިއަދު ވަނީ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި. ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި އޭދަފުށި އަދި ދަރަވަންދޫ ޚިޔާރުކުރެެވޭނެ.@governmentmv… pic.twitter.com/KSa3m3PQ9c
— Maldives Immigration (@ImmigrationMV) June 21, 2026
ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓްތައް ގާއިމްކުރަމުންނެވެ. އެގޮތުން ދަރަވަންދޫގައި މި ޙިދުމަތް މިއަދު ގާއިމްވެގެންދިއުމާއެކު ބ އަތޮޅުން މިހާރު 2 ރަށަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.