ވަގަށް އެތެރެކުރަންއުޅުނު ވޭޕް ޝިޕްމަންޓެއް އަނެއްކާވެސް ކަސްޓަމަސްއިން އަތުލައިގެންފި

ވަގަށް އެތެރެކުރަންއުޅުނު ވޭޕް ޝިޕްމަންޓެއް އަނެއްކާވެސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ޖެނެރަލް ކާގޯގެ ގޮތުގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައި ކަމަށެވެ.

މި ވޭޕް ޝިޕްމަންޓް ކަސްޓަމްސް އިން އަތުލައިގެންފައިވަނި ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 20 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއް ގައި ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމަންޓު މި މަހުގެ 18 ވަނަ ދުވަހު ކަސްޓަމްސް އިން ވަނީ އަތިުލައިގެންފައެވެ.

އެ ޝިޕްމަންޓްގައި 15،601 ވޭޕް ކާޓްރިޖް ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *