މަސްތުވާތަކެތި އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި ކަމަށްވާ ުޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގައި ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން މި މަހުގެ 21 ވަނަ ދުވަހު ކުރިމިނަލް ކޯޓުން 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮސްފައިވަނީ ށ. މިލަންދޫ / ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ)ގެ މައްޗަށެވެ.
އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2023 ޖަނަވަރީ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 މާރިޗު 13 ވަނަ ދުވަހުއެވެ.