ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ބައި ޖުލައި 26 އަށް ނިންމާނެ ކަމަށް އެމްޓީސީސީ އިން ބުނެފި

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް ޖުލައި 26 އަށް ނިންމާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) ން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިހާރު ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ފެރީޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އޮތް ސަރަހައްދެވެ.

މި މަސައްކަތުގެ ފޭސް 1 ގައި ހިމަނާފައިވާ މަސައްކަތުގެތެރެއިން މިހާރު ކުރަމުންދަނީ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް 700 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ބައި ތަރައްގީވެގެންދާއިރު 580 ސައިކަލު ޕާކް ކުރެވޭ ޕާކިން އޭރިއާއެއްވެސް ތަރައްގީކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ، ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ތަރައްގީކޮށް ބޭނުންކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *