ތެލަސީމިއާ ބަލި މީހުން ބޯންމެރޯ ހެދުމަށް ޒަކާތުފަންޑުން 2.5 މިލިއަން ރުފިޔާ ހަމަޖައްސައިފި

ތެލަސީމިއާ ބަލި މީހުންނަށް ބޯންމެރޯ ހަދައިދިނުމަށް ޒަކާތުފަންޑުން 2.5 މިލިއަން ރުފިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ) އަށް ހަމަޖައްސާދީފައިވާ ކަމަށް މޯލްޑިވްސް ޒަކާތުހައުސް އިން ބުނެފި އެވެ.

ބޯން މެރޯ ހެދުމަށް ސަރުކާތރުން އެހީތެރިކަން ފޯރިކޮށްދޭން ފަށާފައިވަނީ 2014 ވަނަ އަހަރުންނެވެ. އަދި ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަޑް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 2024 ވަނަ އަހަރުން ފެށިގެންނެވެ.

ޒަކާތު ހައުސްއިން އިން ބުނީ އިސްލާމިކް މިނިސްޓްރީ އާއި އެންސްޕާއާއި ދެމެދު 21 ފެބްރުއަރީ 2024 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ތެލަސީމިއާ ބަލި މީހުންނަށް ބޯން މެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮސްދިނުމުގެ ގޮތުން ކަނޑައަޅާފައިވާ ފައިސާ އެންސްޕާއަށް އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *