ފްރާންސްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްރެންޗް ބީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ފްރެންޗް ބީ އެއާލައިނުން ބުނީ މި އަހަރުގެ ޑިސެންބަރު 19 އިން ފެށިގެން އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށެވެ.
ބަޖެޓއ އެއާލައިނަކުން ޔޫރަޕުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާއެކު ޔޫރަޕުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވާނެ އެވެ.
ފުރާންސަކީ މިހާރުވެސް 7 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމެވެ.