ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލީހަށް ބަލައިގެ ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

ސިނގިރެޓްގެ ޑިއުޓީ ކުޑަކުރުމާގުޅޭގޮތުން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެ ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފި އެވެ.

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

އެއަށްފަހު ބިލުގެ އިބުތިދާއީ ބަހުސް ނިންމުމަށްފަހު، ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލުވަނީ ފޮނުވާފައެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުގައިވާގޮތުން ސިގިރެޓެއްގެ ޑިއުޓީއަށް މިހާރު ނަގަމުންއަންނަ 8 ރުފިޔާގެ ބަދަލުގައި އެ ބިލު ފާސްވުމުން ޑިއުޑީއަށް ނަގާނީ ސިގިރެޓަކުން 4 ރުފިޔާއެވެ.

އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *