ހިރިމަރަދޫ އިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރަން ހުޅުވާލައިފި އެވެ.
ހދ ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއަތޮޅު ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލުގައި ބުނެފައިވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯރަފުށީން ދިނުމަށް ނިންމައި އެކަން ހަނިމާދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ހިރަމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 24 ޖޫން 2026 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކައުންސިލްގައި ނަން ނޯޓުކުރުމުގެ ފުރުސަތު ހަނިމާދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ރައީސް ޑރ މުއިއްޒު ވަނީ ހިރަމަރަދޫ ރައްޔިތުންގެ އިދާރީކަންކަން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކޮސް އަލަށް އިންތިހާބުކުރި ހަނިމާދޫ ކައުންސިލް ހޮވުމުގައި ހިރިމަރަދޫ މީހުންނަށް ވޯޓުލެވޭ ގޮތްހަދައިފައެވެ.