ތަހުގީގުތައް އަވަސްކުރުމަށް އޭސީސީ އިޖުރާއަތު ޤަވާއިދު އިސްލާހުކޮށްފި

ތަހުގީގުތައް އަވަސްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިޖުރާއަތު ޤަވާއިދު އިސްލާހުކޮށްފި އެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ހިންގާ ކޮރަޕްޝަންގެ މައްސަލަތކުގެ ތަހުގީގުތައް ހަރުދަނާކޮށް، އަވަސްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކޮމިޝަނުގެ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު އިސްލާހުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ނިންމާނެ މުއްދަތު ތަޙުޤީޤު ފެށުމުގެ ކުރިން، ނިންމުމަށްޓަކައި ބޭނުންވާ އެސެސްމަންޓް ހެދުން ލާޒިމް ކުރުމާއި، އަދި އެފަދަ އެސެސްމަންޓްތައް ހަދާއިރު މުޖުތަމަޢުގެ މަސްލަޙަތާއި ދައުލަތަށް ލިބޭ މާލީ ގެއްލުމާއި، ހެކި ނައްތާލުމުގެ އިހުތިމުގެ އިތުރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ ކަންކަމަށް ރިޔާޔަތްކޮށް 10 ކަމަކަށް ބެލުމަށް ވަނީ ކަނޑައަޅާފައެވެ.

އަދި އެފަދަ މައްސަތައް ކެޓަގަރީކޮށް، އެ މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން މި އިސްލާހުގައި ވަނީ ލާޒިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *