25 އަހަރަށްފަހު ފުލުހުންގެ ޙިދުމަތުން ރިޓަޔަރ ކުރާ ފަރާތްތަކަށް ފުލުހުންގެ ބޭސްފަރުވާގެ ޙިދުމަތް ދޭން ނިންމައިފި

25 އަހަރަށްފަހު ދިވެހި ފުލުހުންގެ ޙިދުމަތުން ރިޓަޔަރ ކުރާ ފަރާތްތަކަށް ފުލުހުންގެ ބޭސްފަރުވާގެ ޙިދުމަތް ދޭން ނިންމައިފި އެވެ.

ރާއްޖޭގައި ފުލުހުންގެ ޙިދުމަތް ގާއިމްވިތާ 93 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ ފުލުހުންގެ ޙިދުމަތުގައި 25 އަހަރު ހޭދަކުރުމަށްފަހު ރިޓަޔާ ކުރާ ފުލުހުންނަށް ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްގޮތަށް ބޭސްފަރުވާގެ ކަންކަންވެސް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރާ ފުލުހުންނަށް އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި ލިބޭ އިނާޔަތްތަކަށް ބަދަލުގެނައުމަށްވެސް ނިންމާފައިވާ ކަމަށް ކޮމިޝަނރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ އެކަންކަމަކީ ފުލުހުންގެ ހާލަތު ރަނގަޅުކޮށް އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް އެ މުވައްސަސާ ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަމިއްލަފުޅަށް އިސް ނަންގަވައިގެން ގެންނަވާ ބަދަލުތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *