ހުޅުމާލެ ހޮސްޕިޓަލުގައި އައުޓް ޕޭޝަންޓް ނަރުހުންގެ ޙިދުމަތް ގާއިމްކޮށްފި

އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިފި އެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އިންޖެކްޝަން ޖެހުމާއި ބޭސް އަޅައިދިނުން ފަދަ އާންމުކޮށް ބޭނުންވާ ނާރސިންގެ ފަރުވާ ހޯދުމުގައި ލުއި ފަސޭހަކަމާއެކު އަވަހަށް ހޯދޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ތަޢާރަފުކުރެވުނު މި ޙިދުމަތުގެ ދަށުން އާވި އަރުވައިދިނުމާއި، ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމާއި، ހަކުރު ބަލައިދިނުމާއި، ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޙިމަތް ފޯރުކޮށްދޭނބެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން  ބުނެއެވެ.

އަދި އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *