ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް މުޅި މަޖިޅހަށް ފޮނުވުމުން އެ ބިލު ދިރާސާކުރުމަށްފަހު ކޮމެޓީން ފާސްކުރުމަށް ފެނޭތޯ ބެލުމށް ނެގި ވޯޓުގައި އެ ބިލު ކޮމެޓީން ފާސްކުރަން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހުގައިވާގޮތުން ސިގިރެޓެއްގެ ޑިއުޓީއަށް މިހާރު ނަގަމުންއަންނަ 8 ރުފިޔާގެ ބަދަލުގައި އެ ބިލު ފާސްވުމުން ޑިއުޑީއަށް ނަގާނީ ސިގިރެޓަކުން 4 ރުފިޔާއެވެ.
އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.