ތޯރިގު ސަފީރުކަމުގެ ފަތްކޮޅު އޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީއަށް އަރުވައިފި

ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި ސަފީރު ތޯރިގު އިބްރާހިމް ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީއަށް އަރުވައިފި އެވެ.

ތޯރިގް ޔޫއޭއީގެ ސަފީރުގެ މަޤާމަށް އައްޔަނުކުރެއްވީ ކައުންސްލިސް އިންތިހާބަށް ފަހު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު އެވެ.

ޔޫއޭއީގެ ފަރާތުން ތޯރިގުގެ ސަފީރުކަމުގެ ފަތްކޮޅާ ހަވާލުވެވަޑައިގަތީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *