މިދިޔަ ހަފްތާގައި ހިމަބިއްސަށް މާލެ ސަރަހައްދުން 44 މީހުން ޕޮޒިޓިވްވެ ހިމަބިހި ޖެހުނު މީހުންގެ އަދަދު 66 އަށް އަރައިފި

މިދިޔަ ހަފްތާގައި ހިމަބިއްސަށް މާލެ ސަރަހައްދުން 44 މީހުން ޕޮޒިޓިވްވެ ހިމަބިހި ޖެހުނު މީހުންގެ އަދަދު 66 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހިމަބިޙިގެ ފުރަތަމަ ކޭސް ފެނިފައިވަނި މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށް ފަހު ކޮންމެ ހަފްތާއަކުވެސް އެޗްޕީއޭ އިން ދިޔައީ ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާމަކުރަމުންނެވެ. 

ނަމަވެސް ހިމަބިހީގެ ފުރަމަކޭސް ރިޕޯޓްކުރިފަހުން މިދިޔަ ހަފްތާއަކީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ ހަފްތާއެވެ.

އަދި މި ބަލި ފެތިރެން ފެށިފަހުން މި ބައްޔަށް ޕޮޒިޓިވްގެން ރިޕޯޓްކޮށްފައިވަނީ މުޅިންވެސް މާލެ ސަރަހައްދުންކަން އެޗްޕީއޭއިން ވަނީ ފާހަގަކޮސްފައެވެ.

އެހެންކަމުން ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *