އައްސޭރި ޖަލުގެ އައު ބަދިގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްސޭރި ޖަލުގެ އައު ބަދިގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ހޯމް މިނިސްޓަރ އަލީ އިހުސާނު ފައްޓަވައި ދެއްވައިފި އެވެ.

މާފުށީ ޖަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާނު އާއި ކޮމިޝަނަރ އޮފް ޕްރިޒަން ހަސަން ޒަރީރު އެވެ.

މި ރަސްމިއްޔާތުގެ ކުރިން އިއްޔެ ވަނީ އައްސޭރި ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުން އިމާރާތްކުރި އައު އޮފީސް އިމާރާތްވެސް ހުޅުވައިދެއްވާފައެވެ. އެ އިމާރާތް ހުޅުވައިދެއްވީވެސް ހޯމް މިނިސްޓަރ އަލީ އިހުސާނު އެވެ.

އައްސޭރިޖަލުގައި އިއްޔެ ހުޅުވި އައު އޮފީސް އިމާރާތުގެ އިތުރުން އިއްޔެ ބިންގާ އެޅި ބަދިގެ އިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގައިދީންނާއި ޖަލު އޮފިސަރުން ކަމަށް ޑީޕީއާރު އެސް އިން ބުނެއެވެ.

އޭގެ އިތުރުން އިއްޔެ ރަސްމިއްޔާތުގައި ވަނީ ރޯދަ މަހު ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށް އައްސޭރިޖަލުގައި ކުރިއަށް ގެންދެވުނު އަވަސް ވެގެންނާށެވެ، 1447 ޕްރޮގްރާމާއި ކާދު 100 ޕްރޮގްރާމުގެ ބައިވެރިވި ޤައިދީންނަށް ސެޓްފިކެޓް ދީފައެވެ.

އެގޮތުން އަވަސްވެގެންނާށެވެ ޕްރޮގްރާމު ފުރިހަމަކުރި  36 ޤައިދީއަކަށާއި ކާދު ޕްރޮގްރާމް ފުރިހަމަކުރި 5 ޖަލު އޮފިސަރުންނާއި 24 ޤައިދީންނަށް ވަނީ ސެޓިފިކެޓް ދެއްވާފައެވެ.

މީގެ އިތުރުން ކަރެކްޝަންސް އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާ ޤިރާތު ސެޓްފިކެޓް 1 ކޯސް ފުރިހަމަކުރި 35 ބައިވެރިންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

އަދި އައްސޭރިޖަލުގެ 7 ޓީމެއް ބައިވެރިވާ ފުޓްސަލް މުބާރާތް ވެސް ހޯމް މިނިސްޓަރ ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *