ފަޅު ގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

އައްޑޫ ސިޓީ ހިތަދޫ، ސަހަރާ މިސްކިތް ކުރިމަތީ ހުންނަ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެއެންޑީއެފް އިން  ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 02:50 ހާއިރު ކަމަށާއި، އެ ވަގުތުންފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.

އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 04:21 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *