ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެ ބޭންކުގެ ޗެއާޕާސަންގެ މަޤާމުން އަރޫނީ އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރުކޮސްދެއްވާފައެވެ.
މީގެ ކުރިން އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުވެސް ވަނީ އިސްތިއުފާދެއްވާފައެވެ.
ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ސްރީލަންކާގެ ރައްޔިރެއް ކަމަށްވާ އަރޫނީ އެ ބޭންކުގެ ޗެއާޕާސަންގެ މަޤާމަށް އައްޔަނުކޮށްފައިވަނީ 2024 ގެ އޮގަސްޓް މަހު އެވެ.
އެ ބޭންކު ހުޅުވުމުށް ބޭނުންވާ ބޭންކިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ދޫކޮށްފައިވަނީ 13 އޮކްޓޯބަރ 2024 ގައެވެ.