ގައުމީ ޔުނިވާސިޓީގެ ދަރިުވަރުން ހިމަބިހިން ރައްކާތެރިކުރުމަށް ވެކްސިން ޕްރޮގްރާމެއް އިފްތިތާހު ކޮސްފި

ވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިުވަރުން ހިމަބިހިން ރައްކާތެރިކުރުމަށް ވެކްސިން ޕްރޮގްރާމެއް އިފްތިތާހު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީ ޢާއި އެޗްޕީއޭ އަދި ވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން އެ ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ ޚާއްޞަ ވެކްސިން ޕްރޮގްރާމް "މީސެލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަނެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑޮކްޓަރ މަހްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އެޗްޕީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހެލްތު މިނިސްޓްރީން ވބުނީ މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެހެންކަމުން އެ އުމުރުފުރާގެ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާރު ފަށާފައިވާ ވެކްސިންގ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 4,468 މީހުންނަށް ވެކްސިންގ ދީފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *