އިތުރު 55 މީހުން ހިމަބިއްސަށް ޕޮޒިޓިވްވެ ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި:އެޗްޕީއޭ

މިދިޔަ ހަފުތާގައި އިތުރު 55 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެ ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހިމަބިޙިގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނި މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށް ފަހު ކޮންމެ ހަފްތާއަކުވެސް އެޗްޕީއޭ އިން ދިޔައީ ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާމަކުރަމުންނެވެ. 

ހެލްތު މިނިސްޓްރީން ބުނީ މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެހެންކަމުން އެ އުމުރުފުރާގެ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާރު ފަށާފައިވާ ވެކްސިންގ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 4,468 މީހުންނަށް ވެކްސިންގ ދީފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *