ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނެ ވާހައާއި ފިކުރު ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނެ ވާހައާއި ފިކުރު ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

ޙައްޤު ބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠިބުކުރުމަށާއި، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނޭފަދަ ރަނގަޅު ވާހަކަތާކާއި ފިކުރުތައް ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް އިލްތިމާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ޑރ މުއިއްޒު ވަނީ އިސްލާމްދީނަކީ އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، ޤައުމު އެބަޔަކާމެދު ފަޚުރުވެރިވާނޭ އަދި މި ޤައުމަށް ފާގަތިކަން ލިބޭނޭ ގޮތަށް ލިޔާ، އަމާނާތްތެރި ބަޔަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *